ads
ކަންގަނާ ރަނައުތު
އިންދުރާ ގާންދީގެ ރޯލުން ކަންގަނާ ފެނިގެންދަނީ
އިންޑިޔާގެ ކުރީގެ ބޮޑު ވަޒީރު އިންދުރާ ގާންދީގެ ވެރިކަމުގައި ހިނގި ހާދިސާ ތަކުގެ މައްޗަށް ބިނާކޮށް ހަދަން ފަށާފައިވާ ފިލްމުގައި އިންދިރާ ގާންދީ ގެ ރޯލުން ކަންގަނާ ރަނާވަތު ފެނިގެންދާނެކަމަށް އޭނާ އިންސްޓާގްރާމުގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފިއެވެ.

ކަންގަނާ ޕްރޮޑިއުސަރުގެ ގޮތުގައި ހިއްސާވާ މިފިލްމުގެ ސްކްރިޕްޓް ލިޔުނީ މަޝްހޫރު އެތައް ފިލްމެއްގެ ސްކްރިޕްޓް ލިޔެފައިވާ ރިތޭޝް ޝާހް އެވެ.

އޭނާ ބުނީ "އިމަޖެންސީ" އަކީ އަމިއްލަ ދެވަނަަ ޑައިރެކްޝަން ކަމަށާއި އޭނާ ނޫން މީހަކަށް އެ ފިލްމު ބޭނުންވާ ފެންވަރަށް ޑައިރެކްޓް ވެސް ނުކުރެވޭނެ ކަމަށެވެ. 

މި ފިލްމުގައި ދައްކުވާދީފައިވަނީ އިންޑިޔާގެ ކުރީގެ ބޮޑު ވަޒީރު އިންދިރާ ގާންދީގެ ދައުރުގައި އެގައުމުގައި ހިންގި މައްސަލަ ބޮޑު އިމަޖެންސީ އާއި އޮޕަރޭޝަން ބްލޫ ސްޓާއަށް ކަމަށެވެ. އިންދިރާ އަކީ މަގާމުގައި ހުންނަވިކޮށް 1984 ގައި އަވަހާރަކޮށްލާފައިވާ ބޭފުޅެކެވެ. އެއީ ބޮޑުވަޒީރުގެ މަގާމުގައި ހުންނަވަނިކޮށް 1991 ގައި އަވަހާރަކޮށްލި ރަޖީވް ގާންދީގެ މަންމާފުޅެވެ. 

ކަންގަނާގެ ފިލްމު ކުންފުނި މަނިކަރްނިކާ ފިލްމްސް އިން ޕްރޮޑިއުސްކުރާ "އިމަޖެންސީ" އަށް ތައްޔާރުވާން ފެށި ނަމަވެސް ފިލްމުގެ ޝޫޓިން ފަށާނެ އިރަކާއި ފިލްމުގެ އިތުރު ކާސްޓުންނާއި ބެލުންތެރިންނަށް ފިލްމު ގެނެސްދޭނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ.  

" އަސްލު އަހަރެން ވަރަށް އިންދިރާ ގާންދީގެ ވާހަކަ ފިލްމު ސްކުރީން ތަކާއި ހަމަޔަށް ގެންނަން. އަހަރެން ވަރަށް އުފާ އިންދިރާ ގާންދީގެ ވާހަކަ ފިލްމު ސްކުރީނަށް ގެނެސްދޭ ފުރަތަމަ މީހާއަށް އަހަރެން ވާތީ. މީގެ އިތުރުން އަހަރެން ވަރަށް ހިތްހަަމަ ޖެހޭ މިފިލްމު ޑައިރެކްޓު ކުރުމުގެ ފުރުސަތު އަހަރެންނަށް ލިބިގެންދިއުމުން" ކަންގަނާ، ޕިންކް ވިލާގައި ވާހަކަ ދައްކަމުން ބުނެފައިވެއެވެ. 

އޭނާގެ، އެންމެ އަވަހަށް ރިލީޒްވާން އޮތް ފިލްމަކީ ވެސް ސިޔާސީ މީހެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. އެއީ ޓެމިލް ނާޑޫ ސްޓޭޓްގެ ކުރީގެ ޗީފް މިނިސްޓަރު ޖަޔަލަލީތާގެ ބައޮގަރްފިކަލް ޑްރާމާ "ތަލައިވީ" އެވެ. ކަންގަނާގެ ކުރިއަށް ހުރި އިތުރު ފިލްމުތަކުގެ ތެރޭގައި އެކްޝަން ފިލްމު "ދާޅަކް" އާއި ވަތަނީ ފިލްމު "ތޭޖާސް" ހިމެނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް