ads
ވެކްސިން----
ރާއްޖެއިން ކޮވިޑް ވެކްސިން ފުރިހަމަކުރީ 34 އިންސައްތަ މީހުން
ރާއްޖޭގެ ޖުމްލަ އާބާދީ އިން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވަނީ 34 އިންސައްތަ މީހުން ކަަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ކޮވިޑް 19 ޖެހޭ ފަރާތްތަކުގެ ތެރެއިން ވެކްސިން ފުރިހަމަ ނުކުރާ ފަރާތްތައް ބޮޑަށް ހާލު ދެރަވާ ކަމަށް ސިއްހީ މާހިރުން ވަނީ ބުނެފައެވެ. އަދި ވެކްސިން ޖެހުމުގެ ސަބަބުން ފުރާނަ ސަލާމަތްކުރުމަށް ބާރު ލިބިގެންދާކަމަށްވެސް އެފަރާތްތަކުން ބުނެއެވެ.  

ޖޯން ހޮޕްކިންސް ޔުނިވާސިޓީ އިން އާންމުކޮށްފައިވާ ރާއްޖޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުން ރާއްޖޭގައި ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވަނީ 1،84,865 މީހުންނެވެ. މިއީ އާބާދީގެ 34.82 އިންސައްތައެވެ.

ރާއްޖޭގައި މިހާތަނަށް ޖުމްލަ ހަތް ވެކްސިނެއް ބޭނުންކުރުމުގެ ހުއްދަ ވަނީ ދީފައެވެ. އެންމެފަހުން ރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަ ދީފައިވަނީ "އެސްޓްރާޒެނެކާ" ވެކްސިނެވެ. އަދި "މޮޑާނާ" ވެކްސިނާއި "ޖެންސަން" ވެކްސިންވެސް ބޭނުންކުރުމުގެ ހުއްދަ ވަނީ ދީފައެވެ. އޭގެ ކުރިން "ކޮވިޝީލްޑް" އާއި "ފައިޒާ" އާއި "ސިނޮފާމް" ގެ އިތުރުން "ސްޕުޓްނިކް ވީ" ވެކްސިން ބޭނުންކުރުމުގެ ހުއްދަ ވަނީ ދީފައެވެ.  

ރާއްޖޭގައި މިހާރު ކޮވިޑް 19 ގެ އެކްޓިވް ކޭސްތަކުގެ އަދަދު 4295 އިން މައްޗަށް އަރާފައިވާއިރު އޭގެ ތެރެއިން 31 މީހުންނަށް ފަރުވާދެމުން ދަނީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެންނެވެ. މި ބަލީގައި މިހާތަނަށް 209 މީހުން ވަނީ މަރުވެފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް