ads
ކާޑެއްދޫ އެއާޕޯޓު
ކާޑެއްދޫ އެއާޕޯޓްގައި އިތުރުގަޑީގެ ފައިސާއާއި ބަންދު ދުވަސްތަކުގެފައިސާ ނުލިބޭކަމުގެޝަކުވާ
ފައިސާދޭން މިއަންނަނީ މަސައްކަތް ކުރަމުން: ރީޖަނަލް އެއާޕޯޓް
ކާޑެއްދޫ އެއާޕޯޓްގައި އިތުރު ގަޑީގެ ފައިސާ އާއި ބަންދުދުވަސްތަކުގެ ފައިސާ ނުލިބޭ ކަމުގެ ޝަކުވާ ކޮށްފިއެވެ.

ކާޑެއްދޫ އެއާޕޯޓުގައި މަސައްކަތް ކުރާ މުވައްޒަފަކު ސީއެންއެމް އަށް ބުނީ ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީއާ ކާޑެއްދޫ އެއާޕޯޓް ހިންގަން ހަވާލުކުރި ހިސާބުން ފެށިގެން އިތުރު ގަޑީގެ ފައިސާލިބިފައި ނުވާ ކަމަށެވެ.  އަދި ހަމަ އެއާއެކު ޑެއިލީ އެލަވެންސްގެ ގޮތުގައި ދޭ 175 ރުފިޔާއިން 2 ދުވަހަށްވާ ރުފިޔާ ކޮންމެ ހަފްތާއަކު ކަނޑާކަމަށްވެސް އޭނާ ބުނެއެވެ. އަދި އެކަމުގެ ޝަކުވާ މުއައްޒަފުން ހުށައެޅުމުން ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީން، މުވައްޒަފުން ގާތު، ހުކުރު ދުވަހުވެސް ވަޒީފާއަށް އަންނަ ކަމަށާއި އޮފްވެސް ނަގަން ޖެހޭނެ ނޫންތޯ ސުވާލު ކޮށްފައިވާކަމަށެވެ.

މި ކަމާގުޅިގެން ރީޖަނަލް އެއާޕޯޓް ކުންފުނީގެ، ރީޖަނަލް ޑައިރެކްޓަރު ސައުދުﷲ އަހްމަދު ސީއެންއެމްއަށް ވިދާޅުވީ އެބޭފުޅުންނަށް ވެސް އިތުރުގަޑީގެ ފައިސާ ނުލިބުމުގެ ޝަކުވާ ލިބިފައިވާކަމަށެވެ. އަދި ވަރަށް އަވަހަށް އެފައިސާ މުވައްޒަފުންނަށް ލިބޭނެކަމަށް އޭނާ ވިދާޅުވިއެވެ. މިހާރު ކުރަމުން ދަނީ އިދާރީ މަސައްކަތްތައް ކަމަށާއި އެމަސައްކަތްތައް ނިމުނުހާ އަވަހަކަށް އެފައިސާ މުއައްޒަފުންނަށް ހަވާލު ކުރެވޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކާޑެއްދޫ އެއާޕޯޓުގެ މުވައްޒަފުންނަވަނީ ހަމަމުސާރަ ނުލިބޭކަމުގެ ޝަކުވާވެސް ކޮށްފައެވެ. އަދި ދުވަހުގެ ރަސްމީ ގަޑި ނިމުމުން ރަށަށް ދާނެކަމަށް ދެންނެވުމުން ވަޒީފާއިން ކަނޑާލާނެކަމުގެ ބިރު ދައްކާފައިވާ ކަމަށްވެސް މުވައްޒަފުން ބުނެއެވެ. މުވައްޒަފުން މަދުވުމުގެ ސަބަބުންނާއި، ވަޒީފާތައް އަދާކުރާނެ އިތުރު މުއައްޒަފުން ނެތުމުގެ ސަބަބުން އިތުރުގަޑި ތަކުގައި، ބައެއް މުވައްޒަފުން ނިކުން ނަން މަޖުބޫރުވާ ކަމަށް ކާޑެއްދޫއިން ވާހަކަދެއްކި މުވައްޒަފު ބުނެފައިވެއެވެ.

"އަޅުގަނޑުމެން ބޭނުމެއްނޫން އޯޓީ ނަގާކަށް އެކަމުވެސް އެބޭފުޅުން އަޅުގަނޑު މެން އޯޓީ ގަޑިތަކުގައި މަސައްކަތަށް ނެރޭ"

އެހެންނަމަވެސް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީން ބުނީ އެއްވެސް މުއައްޒަފަކަށް ވަޒީފާގެ ބިރުދައްކާފައި ނުވާނެ ކަމަށެވެ. އަދި މިކަން އެންމެ ފުންމިނަށް ބަލާނެކަމުގެ ޔަގީންކަން އެކުންފުނިން ދެއެވެ.

އެކުންފުނިން އިތުރަށް ބުނީ މުއައްޒަފުން އިތުރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށެވެ. ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީއާ ކާޑެއްދޫ އެއާޕޯޓް ހިންގަން ހަވާލު ކޮށްފައިވަނީ މިދިޔަ މޭމަހުގެ ފުރަތަމަ ދުވަހުއެވެ.

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް