ads
ޑރ. މުހައްމަދު އިޔާޒް -- ފޮޓޯ: އަވަސް
އަންހެނުން ހިތާނުކުރުމުގެ މައްސަލާގައި އިޔާޒް މައާފަށް އެދިވަޑައިގެންފި
އަންހެނުން ހިތާނުކުރުމަށް މަޝްހޫރު ދީނީ އިލްމުވެރިއާ ޑރ. މުހައްމަދު އިޔާޒް އަބްދުއް ލަތީފް ހިތްވަރުދެއްވާކަމަށް ބުނެ ގިނަ ބަޔަކު ނުރުހުންފާޅުކޮށް، ފާޑުކިޔަމުންދާތީ އެކަމަށް މައާފަށް އެދިވަަޑައިގެންފި އެވެ.

ރާއްޖޭގެ ރައްޔިތުންގެ މަޖިލީހަށް ނަފްރަތުގެ ޢަމަލުތައް ހުއްޓުވުމުގެ ނަމުގައި އިސްލާމް ދީނާ ހިލާފް ބިލެއް ވައްދައި، އެބިލާމެދު ރާއްޖޭގެ ރައްޔިތުންނާއި އިލްމުވެރިން އަޑުހަރުކޮށް ދެކޮޅުހަދަމުންދާ ދަނޑިވަޅެއްގައި، ޑރ. އިޔާޒް ކުރި ޓްވީޓަކާ ގުޅުވައިގެން މަދު ބަޔަކު އެމަނިކުފާނާއިމެދު ނަފްރަތު އުފައްދަމުންދާތީ ކަމަށް ވިދާޅުވެ ނެރުނު ބަޔާނެއްގައި ޑރ. އިޔާޒް ބުނީ، އަންހެނުން ހިތާނު ކުރުމަކީ އެއްވެސް އިރެއްގައި އެކަމަށް ވަކާލާތުކުރި އަދި ވަކާލާތުކުރާ ނުވަތަ ވަކާލާތުކުރާނެވެސް ކަމެއް ނޫން ކަމަށެވެ.

ނަމަވެސް އެ މައްސަލައިގައި ޑރ. އިޔާޒް ދެއްކިވާހަކައެއްގެ ސަބަބުން، އިސްލާމްދީނަކީ އަންހެނުންގެ ހައްގުތަކަށް އަރައިގަންނަ، ނުވަތަ އަނިޔާވެރިވުމަށް ގޮވާލާ ދީނެއްކަމުގެ ރަނގަޅުނޫން ތަސައްވުރެއް ބަޔަކަށް ލިބިފައިވާނަމަ އެކަމަށް ދިވެހި ލޮބުވެތި ރައްޔިތުންގެ އަރިހުން މާފަށް އެދޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ފެށުނީއްސުރެ އަޅުގަނޑު ދަންނަވަމުން މި އަންނަނީ އަންހެނުން ހިތާނުކުރުމުގެ މައްސަލައަކީ އިސްލާމް ދީނުގައި އަސްލެއް އޮތް ކަމެއްކަމުގައެވެ. އަދި މިއަދުވެސް މި ދަންނަވަނީ އެވާހަކައެވެ. މިއީ ދީނުގައި އަސްލެއް ނެތްކަމެކޭ ބުނުމަކީ އޮޅުވާލުމެކެވެ. އަދި އެފަދައިން ބުނާ ފަރާތްތަކަށް މާތްﷲ އަށް ތަޤުވާވެރިވެ، އިލްމީ އަމާނާތަށް ރައްކާތެރިވުމަށް ގޮވާލަމެވެ"

އެ މައްސަލައަކީ ދިވެހިރާއްޖޭގައި ނެތް މައްސަލައަކަށްވެފައި، އިސްލާމް ދީނުގެ މުހިންމު ގިނަމައްސަލަތަކެއް ހުރިއިރު، އަދި ރާއްޖޭގެ މައްޗަށް ލާދީނިއްޔަތުގެ ނުރައްކާތެރި ވިލާގަނޑެއް ނަގާފައިވާ މިދަނޑިވަޅުގައި މިމައްސަލައިގެ މައްޗަށް ގިނަ ބަހުސްތަކެއް ކުރުމުގެ އެއްވެސް ފައިދާއެއްނެތް ކަމަށް ޑރ. އިޔާޒް ވިދާޅުވިއެވެ. 

ޑރ. އިޔާޒް ވިދާޅުވީ އިސްލާމް ދީނަކީ ހުރިހައި އިންސާނުންގެ ހައްގު ދެއްވި، އަދި އެ ހައްގުތައް އެންމެ ފުރިހަމައަށް ރައްކާތެރިކޮށްދެއްވާ ދީން ކަމަށާއި، ލާދީނީ ފަރާތްތަކާއި، މުލްހިދުން އަބަދުމެ ކުރަމުން އަންނަ މަސައްކަތަކީ އިސްލާމްދީނަކީ އަނިޔާވެރި ލާއިންސާނީ ދީނެއްގެ ގޮތުގައި ސިފަކޮށް މީހުން އިސްލާމް ދީން މަތިން ފޫހިކުރުވާ އިސްލާމްދީނާމެދު ނަފްރަތާއި އަދާވާތްތެރިކަން އުފެއްދުމުގެ މަސައްކަތް ކަަމަށެވެެ.

އެފަދަ ފަރާތްތަކާމެދު ދިވެހި ރައްޔިތުންނާއި، ދީނީ ޢިލްމުވެރިން އިތުރަށް ސަމާލުވެ، މިފަދަ ފަރާތްތަކާ ދެކޮޅަށް ޤާނޫނީ ފިޔަވަޅު އެޅުމަށް ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށް ގޮވާލާކަމަށް ޑރ. އިޔާޒް ވިދާޅުވިއެވެ. އިސްލާމީ ޝަރީޢަތުގައި ވަކިކަމެއްގައި، ދީނީ ބޮޑެތި އިލްމުވެރިންނާއި، މަޒްހަބުތަކުގެ އިމާމުންނާ ހަވާލާދީ، ދެކޮޅުއޮތްކަން ބަޔާންކޮށްގެން އެމަނިކުފާނަށް ނުވަތަ އެހެންފަރާތަކަށްވެސް އަދަބެއް ދެވިގެން ނުވާނެކަމަށާއި އެފަދަ ކޮންމެ އަދަބެއް އެއީ ބޭއިންސާފުން ދެވޭ އަދަބެއް ކަމަށް ޑރ. އިޔާޒް ވިދާޅުވިއެވެ. 

އަދި އެފަދަ އަދަބަކީ ހައްގު އަދަބެއްކަމަށް ބުނާނީ ކޮން ހަމަޔަކުންތޯ؟ ސުވާލުއުފައްދަމުން ޑރ. އިޔާޒް ވިދާޅުވީ، "ނަފްރަތުގެ އަމަލުތައް ހުއްޓުވުމުގެ" ނަމުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ ބިލާމެދު ރައްޔިތުން ފާޅުކުރަމުންދާ ޝުޢޫރުތައް ހުއްޓާނުލައި އެކަމުގެ އަޑު ކެނޑުނަ ނުދީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުގެ ކަންފަތްތަކަށް އިއްވުމަށް އިލްތިމާސްކުރާ ކަމަށެވެ. 

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް