ads
ދީޕިކާ ޕަދުކޯން
ދީޕިކާގެ ދިރިއުޅުމުގެ “އެކްސްޕެކްޓޭޝަން ވާސެސް ރިއަލިޓީ” އަކީ މިއީ!
ގާތްގަނޑަކަށް ދެމަސް ދުވަހުގެ ބޮޑު ބްރޭކަަކަށްފަހު ދީޕިކާ މިވަނީ އިއްޔެ ފުރަތަމަފަހަރަށް އިންސްޓަގްރާމުގައި ޕޯސްޓެއްކޮއްފައެވެ.

ދީޕިކާ އެންމެ ފަހުންފޮޓޯއެއް އިންްސްޓަގްރާމުގައި ހިއްސާކޮއްފައިވަނީ މޭމަހުގެ ދެވަނަ ދުވަހުއެވެ. އޭގެ 56 ދުވަސް ފަހުން އިއްޔެ ދީޕިކާ އިންސްޓަގްރާމުގައި 2 ފޮޓޯގެ ޕޯސްޓެއް ހިއްސާކޮއްފައިވަނީ އޭނާގެ ދިރިއުޅުމުގެ، “އެކްސްޕެކްޓޭޝަން ވާސެސް ރިއަލިޓީ”ގެ މައްޗަށް ބިނާކޮށެވެ. 

ފުރަތަމަ ފޮޓޯގައި ފެންނަނީ ޖިމްތެރެއިންނެވެ. އަނެއް ފޮޓޯގައި ފެންނަނީ ދީޕިކާ ސޯފާއެއްގައި ނިދާފައި އޮންނަ މަންޒަރެވެ. މި ޕޯސްޓަށް މިލިޔަނަކަށްވުރެ ގިނަ ލައިކް ލިބިފައިވާއިރު، އެހާމެ ގިނަ ކޮމެންޓްވެސް ވަނީ ލިބިފައެވެ.

ކޮމެންޓް ސެކްޝަންގައި ދީޕިކާގެ ފޭނުންވަނީ މި ދިޔަ ދުވަސްތަކުގައި ދީޕިކާ މަތިން ވަރަށް ހަނދާންވިކަމަށް ބުނެފައެވެ. އަދި މީގެ އިތުރުން މި ޕޯސްޓުވެގެން ދިޔައީ އެންމެނަށްވެސް ވަރަށް މަޖާ ޕޯސްޓަކަށެވެ. ސަބަބަކީ ގިނަ ބައެއްގެ ދިރިރިއުޅުމުގައި އެކްސްޕެކްޓޭޝަން ވާސެސް ރިއަލިޓީއަކީ މިއީ ކަމަށްވާތީއެވެ.

އިންސްޓަގްރާމުގައި މާ އެކްޓިވް ނޫން ކަމުގައިވިޔަސް ދީޕިކާގެ ފިރިމީހާ ރަންވީރް ސިން ގެ އިންސްޓަގްރާމް ޕޯސްޓްތަކަށް ދީޕިކާ ލައިކް އަދި ކޮމެންޓުކޮށް އުޅެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް