ads
ފޮޓޯ: އިންސްޓަގްރާމް
ލަމް، މުއާ އާއި ކައިވެނި ކުރީ މިހެންވެ
މަޝްހޫރު ލަވަކިޔުންތެރިޔާ، އަދި މޯލްޑިވިއަން އައިޑަލް ސީޒަން-2ގެ ހޯސްޓް ލަމްހާ ލަތީފް، ކައިވެނިކޮށްފައި ވަނީ ގިނަދުވަސްތަކެއް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުނު އަހްމަދު މުއާޒް ( ކުޑަމުއާ)އާ 2017 ވަނަ އަހަރުގަ އެވެ.

މިހާރު ދެމީހުންގެ ފުރަތަމަ ދަރިފުޅަށް އިންތިޒާރުކުރަމުންދާއިރު، ބައިސްކޯފްގެ ޝޯއަކަަށް މީގެ ކުރިން ދިން އިންޓަވިއުއެެއްގައި ލަމް އާއި މުއާ ވަނީ ދިރިއުޅުމުގެ ގިނަ ކަންތައްތަކެއް ހިއްސާކޮށްފައެވެ. 

އެގޮތުން ހަޔާތުގެ ބައިވެރިއަކަށް އެކަކު އަނެކަކު ޗޫސްކުރި ގޮތުން ފެށިގެން ކައިވެންޏަކާއި ހަަމަޔަށްދިޔުމަށް ވިސްނި ސަބަބުވެސް ދެމީހުންވަނީ ހިއްސާކޮށްފައެވެ.

ފިރިއެއްގެ ގޮތުގައި މުއާ ޗޫސްކުރީ ކީއްވެތޯ އެހެމުން ލަމް ބުނީ، މުއާއަކީ ވަރަށް ރަނގަޅު ވަރަށް ކެއާރިން އަދި މަޖާ މީހެއްކަމަށެވެ. 

“ދެން ލަމްގެ ފެމެލީމީހުންނަށްވެސް ވަރަށް ބަލާ، މުއާގެ ފެމެލީ މީހުންނަށްވެސް ވަރަށް ބަލާ ދެން އެހެންވެ ވަރަށް ޕާފެކްޓު މީހެކޭ ލަމްގެ ލައިފް ޕާޓުނާއެެއް ގޮތަށް ޗޫސްކުރަން. އެހެންވެ.”-ލަމް-

ލަމް ބުނީ އެއްވެސް މީހަކީ ޕާޕެކްޓު މީހެއް ނޫންކަމަށާއި، އެކި މީހުންގެ ދިރިއުޅުމުގައި ދިމާވާނީ އެކިކަންކަން ކަމަށްވާއިރު، ލަމްއާއި އެކީ އުޅުމަށްޓަކައި މުއާގެ ދިރިއުޅުމުގެ ވަރަށް ގިނަ ކަންކަން ލަމް އަށްޓަކައި މުއާ ބަދަލުކުރިކަމަށެވެ. ވަރަށް ބައިވަރު ބޮޑެތި ސްޓެޕްސްތަކެއް ލަމްއަށްޓަކައި މުއާ ނެގިކަމަށެވެ. 

“ މީހުން ހީނުކުރާވަރުގެ ބޮޑެތި ބަދަލުތަކެއް މުއާ ގެނައީ މުއާގެ ލައިފްއަށް ލަމްއަށްޓަކައި. މިހާ ވަރަށް ބޮޑަށް ޗޭންޖުވި ލަމްއާއި އެކީ އުޅެން ބޭނުންވެގެން. ދެން އެހިސާބުން ލަމްއަށް ރިއަލައިޒްވި މީހާގެ ވަރަށް ބޮޑެތި ކަންތައްތަކެއް ޗޭންޖުކުރާނީ ހަމަ ވަރަށް ލޯބިވާތީއޭ. އެއީ އަސްލުގަ”-ލަމް-

އަންބެއްގެ ގޮތުގައި ލަމް ޗޫސްކުރީ ކީއްވެތޯ އެހެމުން މުއާވެސް ބުނީ، ހަމަ ވަރަށް ރަނގަޅުވީމަ ކަމަށެވެ. 

އެންމެ ފުރަތަމަވެސް މުއާގެ މަންމައަކީ ވަރަށް މުހިންމު މީހެެއްކަމަށް ބުނެފަވާނެ ކަމަށާއި، އެހެންކަމުން ލަމްވެސް މުއާގެ މަންމައަށް ވަރަށް ބަލާ ކަމަށް މުއާ ބުންޏެވެ. 

“ދެން ނުލާހިކު ރަނގަޅު ކެއާރިން މީހެއްވިއްޔަ. ހަމަ ޖަވާހިރެއް”-މުއާ-

ދެމީހުންގެ ކައިވެންޏަށް މިހާރު ހަތަރު އަހަރުވެފައިވާއިރު ފުރަތަމަ ދަރިފުޅަށް ބަލިވެއިންކަން ހާމަކޮށްފަައިވަނީ މިދިޔަ މޭމަހުގެ 28ވަނަ ދުވަހުއެވެ. 

އިންސްޓަގްރާމުގައި އަބަދުވެސް އެކްޓިވް ލަމް ދުވަސްކޮޅަކަށް އިންސްޓާއާއި ދުރަށް ޖެހިލި ސަބަބަކީވެސް ބަނޑުބޮޑުވިކަން އެނގުމުންކަމަށް އޭނާ ބުނެފައިވެއެވެ. އެހެންނަމަވެސް އޭނާގެ ފޭނުންނާ އެކު ކުރިއަށް އޮތް ދުވަސްތައް ހިއްސާކުރުމަށް ކެތްމަދުވެފައިވާކަން ހާމަކުރަމުން ލަމްދަނީ އޭނާ މަންމަ އަކަށް ވުމަށް ކުރާ ދަތުރުގެ ފޮޓޯތައް ފޭނުންނާއި ހިއްސާކުރަމުންނެވެ. 

ލަމް އޭނާގެ ފިރިމީހާ މުއާ އާއިއެކު ނަގާފައިވާ ފޮޓޯތަކެއްވެސް ވަނީ މިފަހުން އާއްމުކޮށްފައެވެ. ހުދު ހެދުމުގައި ހުރި އެ ފޮޓޯތައް ވަރަށްވެސް ޗާލެވެ.

79%
ކަމުގޮސްފި
9%
އަޑުއެހިތާ މިހުރީ
5%
ސަތޭކައަކުން ސުމެއް
7%
ވަރަށް ސަލާމް
ކޮމެންޓްސް