ads
ނައިފަރުގައި ފުލުހުން ޒުވާނަކަށް އަނިޔާކުރަނީ-
ޅ.ނައިފަރުގައި އާންމު ރައްޔިތަކަށް އަނިޔާ ކުރި ފުލުހުންނާއި މެދު ފިޔަވަޅުއަޅައިފި
ޅ.ނައިފަރުގައި އާންމުންގެ މީހަކަށް އަނިޔާކުރި ފުލުހުންނާއި މެދު ފިޔަވަޅުއަޅައިފި ކަމަށް ފުލުުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވެއްޖެއެވެ.

ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ ޅ.ނައިފަރުގައި ފުލުހުންގެ ބަޔަކު އާންމު މީހަކަށް އަނިޔާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލަ ފުލުހުންގެ ޕްރޮފެސަނަލް ސްޓޭންޑާޑް ކޮމާންޑުން އެ މައްސަލަ ބެލުމަށް ފަހު ޑިސިޕްލީނަރީ ބޯޑަށް އެމައްސަލަ ހުށައެޅުމުން އެ މީހުންނާއި މެދު ފިޔަވަޅުއެޅިފައިވާކަމަށެވެ. އެ ގޮތުން މިހާރު 3 ފުލުހަކު ވަޒީފާއިން ވަކިކޮށްފައިވާކަމަށާއި އަދި 2 ފުލުހެއް ވަނީ 1 ރޭންކު ދަށް ކުރެވިފައިކަމަށެވެ. މިކަން ކުރަން ނިންމީ 22 ވަނަ ދުވަހުކަމަށްވެސް އޭނާ އިތުރަށް ވިދާޅުވިއެވެ. 

މި މައްސަލައިގައި އަޅާފައިވާ ފިޔަވަޅު އިސްތިއުނާފު ކުރުމަށް، ބަންދު ދުވަސްތައް ނުހިމަނާ ހަތް ދުވަސް، މި މައްސަލައިގައި ފިޔަވަޅު އަޅާފައިވާ ފުލުހުންނަށް ލިބޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

މި ދިޔަ މަހުގެ 16 ވަނަ ދުވަހުގެ ރޭ ނައިފަރު ޕޮލިސް ސްޓޭޝަންގެ ފުލުހުންތަކެއް އެ ރަށުގެ އާންމު ރައްޔިތަކަށް  އަނިޔާކުރީ ފުލުހެއްގެ އަންބަކު މަގުމަތިން ދަނިކޮށް،  އެމީހާ ތުނބުންފުމެ ފުރައްސާކުރި ކަމަށް ބުނެ އެވެ. ނަމަވެސް އޭނާ ވަނީ އެކަމަށް އިންކާރުވެސް ކޮށްފައެވެ.

އޭނާއަށް އަނިޔާކޮށްފައި ވަނީ އެ ރަށުގެ ސިނާއީ ސަރަހައްދަށް ގެންގޮސް ކަމަށް އޭނާ ބުނެއެވެ. މީގެ އިތުރުން އެ މީހާއާއި ފުލުހުން ވަރަށް ހަޑި ހުތުރު ބަހުން ވާހަކަދައްކާފައިވާ ކަމަށްވެސް އޭނާ ބުނެފައިވެއެވެ. އެރޭ ލިބުނު އަނިޔާތަކަށް އޭނާ ޑޮކްޓަރަށް ދައްކައި ފަރުވާ ވެސް ހޯދި އެވެ. އަދި އެ އަނިޔާގެ ސަބަބުން ގައިގެ ތަންތަން ހުރީ ވަރަށް ބޮޑަށް ދުޅަވެފަ އެވެ. 

މީގެ އިތުރުން ޖެހިގެން އައި ދުވަހު އޭނާގެ އާއިލާ އާއި ރައްޓެހިންގެ ބަޔަކު ފުލުހުން އުޅޭ ގެޔަށް ވީގޮތް ބަލަން ދިޔުމުން އެމީހުންނާއި ފުލުުހުންނާއި ދެމެދު އަނެއްކާވެސް ވަރަށް ބޮޑު ހަމަނުޖެހުމެއް ހިންގައި ގިނަބަޔަކަށް އަނިޔާވެ 5 މީހަކު ހައްޔަރު ކުރިއެވެ.

މިމައްސަލަ މާބޮޑު ވުމުން އެންމެފަހުން މާލެއިން ތަހުގީގު ޓީމެއް އެރަށް ވަނީ ގޮސްފައިއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް