ads
ސުޝާންތާއި ރިއާ--
ސުޝާންތާއި ރިއާ އެކުގައި ޗުއްޓީ ހޭދަކުރަނީ
ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސުޝާންތު ސިންގް ރާޖްޕުތު އާއި އެކްޓަރެސް ރިއާ ޗަކްރަބޫޓީ ރައްޓެހިވެގެން އުޅޭކަމުގެ އަޑުތައް ގަދަވެފައި ވަނިކޮށް ދެ ތަރިން ޕެރިހުގައި ޗުއްޓީ ހޭދަކުރަމުން އަންނަކަން ހާމަވެއްޖެ އެވެ.
ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސުޝާންތު ސިންގް ރާޖްޕުތު އާއި އެކްޓަރެސް ރިއާ ޗަކްރަބޫޓީ ރައްޓެހިވެގެން އުޅޭކަމުގެ އަޑުތައް ގަދަވެފައި ވަނިކޮށް ދެ ތަރިން ޕެރިހުގައި ޗުއްޓީ ހޭދަކުރަމުން އަންނަކަން ހާމަވެއްޖެ އެވެ.

އެކުގައި މީގެ ކުރިން ވެސް ދެމީހުން ދަތުރުކޮށްފައިވާކަން ފަޅާއަރާފައިވާއިރު އެމީހުން ލޯބީގެ ގޮތުން ގުޅުނު ކަމަށް އަޑުތައް އެރީ އެކަކު އަނެކަކުގެ ފޮޓޯތަކަށް ކޮމެންޓް ކުރަން ފެށުމުންނެވެ.

އެގޮތުން މިފަހަރުވެސް ދެމީހުން އެކުގައި ޗުއްޓީ ހޭދަކުރަމުން އަންނަ ކަމަށް އަޑުތައް އެރީ، ރިއާ އާއި ސުޝާންތު ވެސް އިންޓަގްރާމު މެދުވެރިކޮށް ޕެރިހުގައި ނަގާފައިވާ ފޮޓޯތަކެއް އާންމު ކުރުމުންނެވެ. އެކަމަކު އެކަކު އަނެކަކުގެ ފޮޓޯއެއް ދެމީހުން ކުރެ އެކެއްވެސް ހިއްސާއެއް ނުކުރެ އެވެ.


ސޯޝަލް މީޑިއާގައި އެދެ ފަންނާނުންގެ ގުޅުމާ މެދު މިހާރު ގިނަ ބައެއް ހިތުގައި ސުވާލު އުފެދިފައިވާއިރު ސުޝާންތު އުޅެނީ މީހަކާ ލޯބީގެ ގޮތުން ގުޅިގެންތޯ ސުވާލުކުރުމުން އޭނާ އެ ސުވާލަކަށް ޖަވާބެއް ނުދެއެވެ.

ޓީވީ ސީރީޒްތަކުން މަގުބޫލުވި ސުޝާންތު ބޮލީވުޑަށް ތައާރަފުވީ ޕީކޭ އިންނެވެ. އަދި ބޮލީވުޑުގައި އޭނާ ވިދާލީ "އެމްއެސް ދޯނީ: ދަ އަންޓޯލްޑް ސްޓޯރީ" ގައި މަސައްކަތް ކޮށްގެންނެވެ. ސުޝާންތު އެންމެ ފަހުން ފެނިގެން ދިޔައީ 'ކެދާނަތު' އިންނެވެ. އެފިލްމުގައި ސުޝާންތު އާއެކު ފެނިގެން ދިޔައީ ސާރާ އަލީ ހާން އެވެ.

ރިއާ ބޮލީވުޑަށް ތައާރަފް ވީ "މެރެ ޑޭޑް ކި މަރޫތީ" އިންނެވެ. ރިއާ ވަނީ "ބޭންކް ޗޯރް" އާއި "ހާފް ގާލްފްރެއިންޑް" އަދި "ސޮނާލީ ކޭބަލް" ފަދަ ފިލްމުތަކުން ފެނިގެން ގޮސްފަ އެވެ. ރިއާ އެންމެ ފަހުން ފެނިގެން ދިޔައީ "ޖަލޭބީ" އިންނެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް