ads
ސައުދީގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން:-
ސައުދީ އިން އާ އެއާލައިނެއް ފަށަނީ
ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން އަންގާރަ ދުވަހު ވަނީ ސައުދީ އަރަބިއްޔާއިން އާ އެއާލައިނެއް އޮޕަރޭޓް ކުރަން ގަސްތުކޮށްފައިވާކަމަށް އިއުލާންކުރައްވާފައެވެ.

ވަލީއަހުދު މުހައްމަދު ބިން ސަލްމާން އާއި ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި މިކަން ކުރަން ކުރަން ނިންމާފައިވަނީ ސައުދީ އަރަބިއްޔާ އަކީ ހަމައެކަނި ތެލަށް ބަރޯސާ ވާ ގައުމަކަށް ވިޔަ ނުދިނުމަށްކަމަށެވެ.

ވަލީއަހުދު މުހައްމަދު ބިން ސަލްމާން އިތުރަށް ވިދާޅުވި ގޮތުގައި، އަމާޒަކީ ތެލުން ލިބޭ ފައިދާގެ އިތުރުން  2030 ވަނަ އަހަރުގެ ނިޔަލަށް 12 ބިލިއަން ޑޮލަރުގެ ފައިދާއެއް ހޯދުންކަމަށެވެ.     

ސައުދީ އަރަބިއްޔާގެ މީޑިޔާ އޮފިޝަލުން މިކަމާއި ބެހޭ ގޮތުން މާގިނަ މައުލޫމާތެއް ދީފައެއްނުވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް