ads
ޑރ. މުހައްމަދު އިޔާޒް
ތިޔަބައިމީހުންނަށް ހުކުމްކޮށް އަދަބު ދެވޭނީ މިދުނިޔެ މަތީގައި: ޑރ. އިޔާޒް
އަންހެނުން ހިތާނު ކުރުމާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓްތަކަކާ ގުޅިގެން ގައުމީ ޔުނިވާސިޓީގެ އެސިސްޓެންޓް ޕްރޮފެސަރު ޑރ. މުހައްމަދު އިޔާޒު އަބްދުއް ލަތީފް މަގާމުން ވަކިކުރުމާއިމެދު ޑރ. އިޔާޒް ދެކޭގޮތް ހާމަކޮށްފި އެވެ.

ޑރ. އިޔާޒް ވިދާޅުވީ، މަގާމުން ވަކިކުރުމާއެކު ވަރަށް ގިނަ ބަޔަކު އެމަނިކުފާނުގެ ބަހެއް ހޯދުމަށް ގުޅަމުންދާ ކަމަށެވެެ. 

އަދި އެފަދަ ފަރާތްތަކަށް ދެއްވަން އޮތް ޖަވާބަކީ، ފިރުއައުނާއި މުހާތަބުކޮށް ސިހުރުވެރިން ދިން ޖަވާބުކަމަށް ޑރ، އިޔާޒް ވިދާޅުވިއެވެ. 

ޑރ. އިޔާޒް ވިދާޅުވީ، "ތިޔަބައިމީހުންނަށް ހުކުމްކޮށް އަދަބު ދެވޭނީ މިދުނިޔެމަތީގައި ކަމަށާއި، الله އިރާދަކުރެއްވިއްޔާ އެމަނިކުފާނަށް ނިކަމެތި ކަމެއް ނުލިބޭނެ ކަމަށެވެ. 

އެމްއެންޔޫއިން މިއަދު ޑރ. އިޔާޒް މަގާމުން ވަކިކުރުމާއެކު އެކަމާމެދު ކަންބޮޑުވުން ފާޅުކޮށް ހޯމް މިނިސްޓަރު އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޑރ. އިޔާޒަކީ ރާއްޖޭގެ އިސްލާމީ ޝަހުޝިއްޔަތު ހަރުދަނާކުރުމަށް ދީނީ އިލްމްވެރިއެއްގެ ހައިސިއްޔަތުން ނުހަނު ގިނަ ހިދުމަތް ކުރަައްވާ ބޭފުޅެއް ކަމަށާއި އެމަނިކުފާނާއި މެދު އެމައްސަލާގައި އެޅުއްވި ފިޔަވަޅު އިންސާފުވެރި ނޫންކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް