ads
ކުޑަ ކުއްޖާ ވެއްޓުނު ފެންގަނޑު--
މަސް ފެންގަނޑަށް ވެއްޓުނު ކުއްޖާ އަދިވެސް ހޭނާރާ
މިދިޔަ މަހުގެ 15 ގައި ލ. ގަމުގެ ގެއެއްގެ މަސް ފެންގަނޑަކަށް ވެއްޓުނު ދެ އަހަރުގެ ފިރިހެން ކުއްޖާ އަދިވެސް ހޭނާރާ ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.
މިދިޔަ މަހުގެ 15 ގައި ލ. ގަމުގެ ގެއެއްގެ މަސް ފެންގަނޑަކަށް ވެއްޓުނު ދެ އަހަރުގެ ފިރިހެން ކުއްޖާ އަދިވެސް ހޭނާރާ ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.

މަސް ފެންގަނޑަށް ވެއްޓި ހާލު ސީރިއަސްވީ އުމުރުން އެންމެ ދެ އަހަރުގެ ފިރިހެން ކުއްޖެކެވެ. ވެއްޓުނު ދުވަހު ފަރުވާއަށް އެކުއްޖާ ވަނީ މާލެ ގެނެސްފައެވެ.

އައިޖީއެމްއެޗުން މައުލޫމާތު ދޭ ގޮތުގައި އަދިވެސް އެކުއްޖާއަށް ފަރުވާ ދެނީ ވެންޓިލޭޓަރުގެ އެހީގަ އެވެ. އެކަމަކު ހޭނޭރި ނަމަވެސް އެކުއްޖާގެ މަޑުމަޑުން ރެސްޕޮންޑް ކުރަމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އެނގިފައިވާ ގޮތުގައި އެ ކުއްޖާ ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ ފުލުހެއްގެ ސައިކަލުގަ އެވެ. އަދި އެ ކުއްޖާ ވެއްޓުނީ ދިރިއުޅެމުން އަންނަ ގޭގައި ހަދާފައި ހުރި ފެންގަނޑަކަށެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް