ads
ކިރަން ޢަދި ޢާމިރު
އާމިރު އާއި ކިރަން 15 އަހަރަށް ފަހު ވަކިވެއްޖެ
ބޮލީވުޑްގައި އެފަދަ ދެވަނައެއް ނެތް މޮޅު އެކްޓަރު އާމިރު ހާން އަދި އޭނާގެ އަންހެނުން ކިރަން ރާއޮ ވަނީ ހޮނިހިރު ދުވަހު ވަކިވެއްޖެކަން އިއުލާނުކޮށްފަ އެވެ.

އެއާއެކު އާމިރުގެ ފޭނުންނަށް ލިބުނީ ކުއްލި ޝޮކެކެވެ. އާމިރު އާ ކިރަން ވަނީ އެކަން އިއުލާންކޮށް ޖޮއިންޓް ސްޓޭޓްމަންޓެއް ނެެރިފައެވެ. 

ސްޓޭޓްމަންޓްގައި ބުނީ އެ ފިޔަވަޅަކީ ދެމީހުންގެ ގުޅުމަށް ގިނަ ދުވަސްތަކެއް ވަންދެން ބެލުމަށްފަހު އެޅި ފިޔަވަޅެއް ކަމަށެވެ. 

ވަކިވި ނިމަވެސް ދަރިފުޅު އަޒާންގެ މައިންބަފައިންގެ ގޮތުގައި އަބަދުވެސް ތިބޭނެ ކަމަށާއި ރަހުމަތްތެރިކަމުގެ ގުޅުން އަބަދުވެސް އޮންނާނެ ކަމަށް ބުނެފައިވެއެވެ.

އަދި އެކުގައި ހޭދަކުރި 15 އަހަރަކީ އުފާވެރި އަހަރުތަކެއް ކަމަށާއި މުޅި ދިރިއުޅުން އެކީ ހިއްސާ ކުރެވުނު ކަމަށެވެ. 

ދެމީހުންގެ ގުޅުމަކީ ލޯތްބާއި އިހުތިރާމާއި އިރުބާރުގެ މައްޗަށް ބިނާވެފަ އޮތް ގުޅުމެއް ކަމަށާއި މިހާރު ބޭނުން ވަނީ ދިރިއުޅުމުގެ އާ ޗެޕްޓާއެއް ފަށަން ކަމަށް ބުނެފައިވެއެވެ. ނަމަވެސް އެއީ ދެމަފިރިން ގޮތުގައި ނޫން ކަމަށާއި  ނަމަވެސް މައިންބަފައިންގެ ގޮތުގައި ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. 

އެބަޔާނުގައި އިތުރަށް ބުނެފައިވަނީ ވަކިވާން ޕްލޭންކުރަމުން އަންނަތާ މިހާރު ދުވަސްތަކެއް ވެއްޖެ ކަމަށެވެ. ވަކިވި ނަމަވެސް ފިލްމީ މަސައްކަތްތަކާއި ޕާނީ ފައުންޑޭޝަންގެ މަސައްކަތް އެކީ ކުރަމުންގެންދާނެ ކަމަށް ބުނެފައިވެއެވެ. 

އަދި ދަނޑިވަޅުގައި ސަޕޯޓްދިން އަދި އަންޑަސްޓޭންޑްވި ހުރިހާ އާއިލާ މީހުންނާ އެކުވެރިންނަށް ޝުކުރު އަދާކުރާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. 

އާމިރު ވަނީ މީގެ ކުރިންވެސް ކައިވެންޏެއް ކޮށްފައެވެ. އޭނާ ފުރަތަމަ ކައިވެނި ކުރީ ރީނާ ޑައްތާ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް