ads
ބިދޭސީން މަސައްކަތް ކުރަނީ
15ގެފަހުން ގަވައިދާ ހިލާފަށް އުޅޭ މީހުން ފޮނުވާލަން އަނެއްކާވެސް ފަށާނެ
މިމަހުގެ 15ވަނަ ދުވަހުގެ ފަހުން ގަވައިދާ ހިލާފަށް އުޅޭ މީހުން ފޮނުވާލަން ފަށާނެ ކަމަށް އިމިގްރޭޝަން އިން ބުނެފިއެވެ.

މޯލްޑިވްސް އިމިގްރޭޝަންގެ ތަރުޖަމާނު ހަސަން ހަލީމް ވިދާޅުވީ ކޮވިޑް ހާލަތުގެ ސަބަބުން ދުނިޔޭގެ ގައުމުތަކުގެ ބޯޑަރުތައް ބަންދުކުރުމުގެ ކުރިން ރާއްޖޭގައި ނުގަވައިދުން ދިރިއުޅެމުން އަންނަ ބަންގުލަދޭޝް ރައްޔިތުންގެ ތެރެއިން ގިނަ އަދަދެއްގެ ރައްޔިތުން ވަނީ އެމީހުންގެ ގައުމަށް އަނބުރާ ފޮނުވާލެވިފައިކަމަށެވެ. ނަމަވެސް  ބަންގުލަދޭޝް ގެ ހާލަތު އޮތް ގޮތުން މިދުވަސްކޮޅަށް ބަންގުލަދޭޝް ރައްޔިތުން އަނބުރާ ފޮނުވުން ވަނީ ހުއްޓިފައެވެ.

ހަސަން ހަލީމް ފާހަގަކުރެއްވި ގޮތުގައި 15ގައި ދަތުރުތައް ފެށިނަމަވެސް ކުރިން ފޮނުވިހެން އެއްފަހަރާ ބައިވަރު މީހުން ނުފޮނުވޭނެ އެވެ. ސަބަބެއްގެ ގޮތުގައި ހަލީމް ވިދާޅުވީ ކުރިން މީހުން ފޮނުވާފައިވަނީ ފްލައިޓް ޗާޓާ ކޮށްގެން ނަމަވެސް މިހާރު މީހުން ފޮނުވަން ނިންމާފައިވަނީ ޝެޑިއުލްކޮށްފައި ފްލައިޓްތަކުގައި ކަމަށްވާތީއެވެ.  

ދިވެހިރާއްޖެއަށް ގަވައިދާ ހިލާފު މީހުން އެތެރެނުވާކަމަށާއި އެތެރެވަނީ ފުރިހަމަކުރަންޖެހޭ ހުރިހާ ގާނޫނީ ލިޔެކިޔުންތައް ފުރިހަމަކުރަމަށްފަހު ކަމަށް ހަލީމް އިތުރަށް ފާހަގަކުރެއްވިއެވެ. އިމިގްރޭޝަންގެ ފަރާތުން ރޫޓީންކޮށް ބަލަމުންދާ މައްސަލަތަކާއި ކަންކަން ބެލުން ކުރިޔަށް ގެންދާނެ ކަމަށާއި މިހާރު ހެދިފައިވާ ބިދޭސީ މަސައްކަތްތެރިން ގެންގުޅުމާއި ބެހޭ ގާނޫނަށް ގެނެވިފައިވާ އިސްލާހުތަކުގެ ސަބަބުން ގަވައިދާ ހިލާފު ބިދޭސީން ގެންގުޅުން މަދުވެގެންދާނެ ކަމަށް ގަބޫލު ކުރައްވާކަމަށް ހަސަން ހަލީމް ވިދާޅުވިއެވެ. އޭނާ އިތުރަށް ފާހަގަ ކުރެއްވިގޮތުގައި ކުރިން ގާނޫނީ ގޮތުން އެޅޭނެ މާ ބޮޑު ފިޔަވަޅެއް ނެތުމުގެ ސަބަބުން މީހުން ވަރަށް ފަސޭހައިން ރާއްޖެ އެތެރެކޮށް ދޫކޮށްލެވިފައިވިޔަސް މިހާރު ގަވާއިދަށް ގެނެސްފައިވާ ބޮޑެތި ބަދަލުތަކުގެ ސަބަބުން އެގޮތަށް މީހުން ގެނެސް ދޫކޮށްލުން މަދުވެގެންދާނެއެވެ.

ބިދޭސީން ގެންގުޅުމުގެ ގާނޫނަށް ގެނެވިފައިވާ އިސްލާހުތަކުގައި ވާގޮތުގައި މި ގާނޫނާއި  ދިވެއްސަކު ހިލާފު ވެއްޖެނަމަ އަދަބެއްގެ ގޮތުގައި -/50000 ރުފިޔާއަށްވުރެ ބޮޑުނޫން ޢަދަދަކުން ޖޫރިމަނާކުރުމުގެ އިތުރުން އެމީހެއްގެ ޕާސްޕޯޓު ވަކިމުއްދަތަކަށް ހިފެހެއްޓުމުގެ އިހްތިޔާރު، ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނަށް ލިބިގެންވެއެވެ. އަދި މިގާނޫނާއި ބިދޭސީއަކު ހިލާފުވެއްޖެނަމަ-/15000 ރުފިޔާއާއި -/50000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ އިތުރުން އެމީހަކު ވަކިމުއްދަތަކަށް ދިވެހިރާއްޖެ ނާދެވޭގޮތަށް ފޮނުވާލުމުގެ އިހްތިޔާރު ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނަށް ލިބިގެންވެއެވެ.   

ގާނޫނާއި ހިލާފަށް ދިވެހިރާއްޖޭގައި އުޅޭ ބޭރު މީހުންގެ މައްސަަލައަކީ ދިވެހިންއެކަމާއި އެންމެކަންބޮޑުވާ އެއްމައްސަލައެވެ. މިމީހުންގެ ސަބަބުން ދިވެހި އެތައް ޒުވާނުންނަށް ވަޒީފާގެ ފުރުސަތުގެއްލިގެން ގޮސްފައިވާ ވާހަކައަކީ އަބަދުވެސް ދެކެވެމުންދާ ވާހަކައެކެވެ.  

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް