ads
އެމްޓީސީސީ ގެ މުވައްޒިފެއް
އެމްޓީސީސީ އިން ތަމްރީނު ޕްރޮގުރާމްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
އެމްޓީސީސީގެ "ހުނަވަރު ޓެކްނިކަލް ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމް 2021" އަށް ކެންޑިޑޭޓުން ކުރިމަތިލުމަށް މިއަދު ހުޅުވާލައިފިއެވެ.

ހުނަވަރު ޕްރޮގްރާމަކީ މަސައްކަތުގެ މާހައުލުގައި ފަންނީ ތަމްރީން ލިބިފައިވާ ދިވެހިން ބިނާކުރުމަށް އެމްޓީސީސީން ކުރިއަށް ގެންދާ ޕްރޮގުރާމެއްކަމަށާއި މި ޕްރޮގްރާމްގެ މަޤްސަދަކީ ތަމްރީނާއި ތަޖުރިބާ ލިބިފައިތިބި މަސައްކަތްތެރި މުއައްޒަފުން އެމްޓީސީސީގެ އެކި ވަޒީފާތަކަށް ހޯދުން ކަމަށް އެމްޓީސީސީއިން ވަނީ ބުނެފައެވެ. 

އެމްޓީސީސީއިން ނެރުނު ނޫސް ބަޔާނުގައިވާ ގޮތުގައި މިފަހަރުގެ ހުނަވަރު ޕްރޮގްރާމުގައި ކޮންސްޓްރަކްޝަން ސައިޓްތަކުގެ އެސިސްޓަންޓް ސުޕަވައިޒަރުންނާއި، މަގުހެދުމުގެ މަޝްރޫޢުތަކަށް ބޭނުންވާ މުއައްޒަފުންނާއި، ވެލްޑިންގް ގެ ދާއިރާއަށް ބޭނުންވާ މުއައްޒަފުން ތަމްރީން ކުރެވިގެންދާނެކަމަށެވެ.

ތިން މަސްދުވަހަށް ހިންގޭ މި ތަމްރީނު ޕްރޮގުރާމު ކުރިޔަށްދަނީ ކޮންމެ ހަފުތާއެއްގެ ހޮނިހިރު ދުވަހުން ބުރާސްފަތީގެ ނިޔަލަށް ހެނދުނު ހަތަކުންފެށިގެން މެންދުރުފަހު ތިނެއް ޖެހުމާއިހަމައަށެވެ. މި ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކަށް 5000 ރުފިޔާގެ އެލަވަންސެއް ކޮންމެ މަހަކުދެވޭނެކަމަށާއި ދިރިއުޅޭ ރަށްނޫން ރަށެއްގައި ޕްރޮގްރާމް ކުރިއަށް ގެންދެވޭނަމަ ހުރުމާއި ކެއުމުގެ ހަރަދުވެސް އެމްޓީސީސީއިން ހަމަޖައްސަދޭނެކަމަށް އެނޫސް ބަޔާނުގައިވެއެވެ.

މި ޕްރޮގުރާމުގައި 50 ފަރާތެއް ތަމްރީން ކުރެވިގެންދާކަމަށާއި އެއީ ކޮންސްޓްރަކްޝަން ސައިޓްތަކުގެ އެސިސްޓަންޓް ސުޕަވައިޒަރުންގެ މަގާމަށް 30 މީހުންނާއި، މަގުހެދުމުގެ މަޝްރޫއުތަކަށް ބޭނުންވާ މަގާމުތަކަށް 10 މީހުންގެ އިތުރުން  ވެލްޑިންގް ގެ ދާއިރާތަކަށް 10 މީހުންކަމަށް އެމްޓީސީސީއިން ބުނެއެވެ. 

މި ޕްރޮގްރާމަށް ކުރިމަތިލެވޭނީ އުމުރުން 18 އަހަރާއި 25 އަހަރާއި ދެމެދުގެ ކުށުގެ ރިކޯޑްނެތް ދިވެހިންނަށްކަމަށާއި މި ޕްރޮގްރާމަށް ކުރިމަތިލެވޭ އެންމެ ފަހު ތާރީހަކީ 14 ޖުލައި 2021ކަމަށްވެސް އެކުންފުނިބުނެފައުވެއެވެ.  

އިންޓަރވިއު މަރުޙަލާއަށްފަހު ހޮވޭ ބައިވެރިންނާއެކު މި ޕްރޮގްރާމް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ 15 އޯގަސްޓް 2021 ވަނަ ދުވަހުއެވެ.

މި ޕްރޮގުރާމާއި ބެހޭ އެންމެ ފަހުގެ މައުލޫމާތު އެމްޓީސީސީގެ ވެބްސައިޓް އިން ލިބިގެންދާނެކަމަށްވެސް އެމްޓީސީސީއިން ބުނެއެވެ.     

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް