ads
ކޮވިޝީލްޑް ވެކްސިން
ދެ ޑޯޒް ވެކްސިން ޖެހި މީހުންގެ އަދަދު ދެ ލައްކައަށް ވުރެ މައްޗަށް!
ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިންގެ ދެ ޑޯޒް ޖެހި މީހުންގެ އަދަދު ދެ ލައްކައަށް ވުރެ މައްޗަށް އަރައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ(އެޗްޕީއޭ) އިން އާންމުކޮށްފައިވާ ތަފާސްހިސާބުަތަކަށް ބަލާއިރު އިއްޔެ 213 މީހަކު ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ. އެއީ މާލެއިން 99 މީހުންނާއި އަތޮޅުތެރެއިން 114 މީހުންނެވެ.

ވެކްސިންގެ ދެވަނަ ޑޯޒް ޖުމްލަ 6،461 މީހުން ޖަހާފައިވާއިރު، 5,051 މީހުން ވެކްސިން ޖަހާފައިވަނީ މާލެއިންނެވެ. އަދި ބާކީ ތިބި 1,410 މީހުން ވެކްސިން ޖެހީ އަތޮޅުތެރެއިންނެވެ.

ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު މިހާރު 317،762 އަށް އަރާފައިވާއިރު، ދެވަނަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 206،245 މީހުންނަށް އަރާފައެވެ.

މި މަހުގެ ހަތަރުވަނަ ދުވަހު ކޮވިޝީލްޑް ދެވަނަ ޑޯޒް ނުޖެހި ތިބި ފަރާތްތަކަށް ވެކްސިން ޖަހަންއަލުން ފެށުމާއެކު ވެކްސިން ޖަހާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ސަރުކާރުން މިއަދު ވަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރާ ފަރާތްތަކަށް ލުއިދޭން ވެސް ނިންމާފައެވެ. އެގޮތުން ވެކްސިން ޖެހުމަށްފަހު 14 ދުވަސްވެފައިވާ ފަރާތްތަކަށް ނެގަޓިވް ޕީސީއާރް ޓެސްޓެއް އޮތް ނަމަ މިހާރު މޮނިޓަރިންގައި އޮތް ރަށްރަށަށް ދެވޭނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް