ads
މާލެ
މާދަމާ ހެނދުނު މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑޭނެ
މާދަމާ ހެނދުނު މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑޭނެ ކަމަށް ސްޓޭޓް އެލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް(ސްޓެލްކޯ) އިން ބުނެފިއެވެ.

ސްޓެލްކޯއިން ބުނީ އިންޓަކަނެކްޝަން މެދުވެރިކޮށް މާލެ، ހުޅުމާލެ އަދި ހުޅުލެ، އެއް ވިއުގައަކުން ގުޅާލުމުގެ ގޮތުން، މާދަމާގެ ހެނދުނު 7 އިން 9 އާއި ހަމައަށް މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ދިއުން އެކަށީގެންވާކަމަށެވެ.

އަދި މިގަޑިތަކުގައި އެސަރަހައްދުތަކުން ކަރަންޓުދިޔަނަމަވެސް، އެމަސައްކަތް ނިމުނުހާ އަވަހަކަށް ކަރަންޓުގެ ހިދުމަތް މެދުކެނޑޭ ހިސާބުތަކަށް އަލުން ހިދުމަތް ގުޅައިދޭނެ ކަމަށްވެސް ސްޓެލްކޯއިން މައުލޫމާތުދީފައިވެއެވެ.

ސްޓެލްކޯއިން ބުނީ އިންޓަކަނެކްޝަން މެދުވެރިކޮށް މާލެ، ހުޅުމާލެ އަދި ހުޅުލެ ގުޅާލުމަށް ކުރިއަށްގެންދާ މިޕްރޮޖެކްޓުގެ އަމަލީ ހުރިހައި މަސައްކަތެއް ނިންމުމަކީ މާލޭގެ ސިސްޓަމާއި ގުޅާލުމަށްޓަކައި ކޮންމެހެންވެސް ކުރިއަށްގެންދަންޖެހޭ މަސައްކަތެއްކަމަށެވެ.

މީގެއިތުރުން ސްޓެލްކޯއިން ވަނީ އެކުންފުނިން ކުރިއަށްގެންދާ މި ޕްރޮޖެކްޓާއެކު ގްރޭޓާ މާލެ ސަރަހައްދުގެ ޕަވާ ސެކިއުރިޓީ ކަށަވަރު ވެގެންދާނެކަމަށް ބުނެފައެވެ. އަދި މިމަސައްކަތް ކުރާއިރު، އާންމުންނަށް ދިމާވެދާނެ ދަތިތަކަށް އެކުންފުނިން ވަނީ މައާފަށް އެދިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް