ads
ފަތުރުވެރިޔާ ފެނިގެން އެމްްއެންޑީއެފްއިން ހަރަކާތްތެރިވަނީ----
އައްޑޫ ސިޓީ ކަނޑުގެ ސަރަހައްދުން މަރުވެފައިވާ މީހެއްގެ ހަށިގަނޑު ފެނިއްޖެ
އައްޑޫ ސިޓީގެ ރިސޯޓެއް ކަަމަށްވާ އިކުއޭޓަ ވިލެޖްގެ އިރު އުތުރުން ފަރު ބޭރުން މަރުވެފައިވާ ފަތުރުވެރިއެއް ހަށިގަނޑު ފެނިއްޖެ އެވެ.

އެ ހާދިސާއާއި ގުޅޭ މައުލޫމާތު ދެއްވަމުން ފުލުހުން ސީއެންއެމްއަށް ބުނީ، މަރުވެފައި އޮއްވާ ފެނުނީ ޖަރުމަނަށް ނިސްބަތްވާ 44 އަހަރުގެ ފިރިހެނެއް ކަމަށެވެ. އަދި އެމީހާއަކީ އިކުއޭޓަ ވިލެޖުގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ފަތުރުވެރިއެއް ކަމަށާއި އެމީހާ މަރުވެފައިވަނީ ސްނޯކްލިންއަށް ގޮސް އުޅެނި ކޮށް ކަމަށް ފުލުހުން ބުނެފައިވެއެވެ. 

އެމީހާ މިހާރު ވަނީ ސ. ހިތަދޫ އައްޑޫ އިކުއޮޓޯރިއަލް ހޮސްޕިޓަލަށް ގެންދެވިފަކަމަށާއި އެ ހާދިސާއާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށްވެސް ފުލުހުން ބުނެއެވެ. 

އިކުއޭޓަ ވިލެޖްގެ އިރު އުތުރުން ފަރު ބޭރުން މަރުވެފައިވާ އެމީހާގެ ހަށިގަނޑު ފެނިގެން އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވެފައިވަނީ 15:30 ހާއިރުއެވެ. އެމްއެންޑީއެފްއިން ބުނީ ހަށިގަނޑު ފެނުމާއިއެކު ސ. ފޭދޫ އަށް ހަވީރު 16:36 ހާއިރު ގެންދެވިފައިވާ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް