ads
ހަމަލާދިން ސަރަހައްދުގައި ފުލުހުން ފޮޓޯ:--
ރައީސް ނަޝީދު އަވަހާރަކޮށްލަން ރާވާ، "ހަތިޔާރު" ހޯދާފައިވޭ: ރިޕޯޓް
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލާނެކަމަށް ބުނެ އެކި ފަރާތްތަކުން އެމަނިކުފާނު އަވަހާރަކޮށްލަން އެކި ފަހަރުމަތިން ރާވާ، ހަތިޔާރާއި އެހެނިހެން ތަކެތި ހޯދާފައިވާކަމަށް ރައީސް ނަޝީދަށް ދެމުންގެންދިޔަ ވަރުގަދަ ސެކިއުރިޓީ ބްރީޗްވިގޮތުގެ އިންކުއަރީ ރިޕޯޓްގައި ބުނެފި އެވެ.

މިއަދު އާއްމުކުރި އިންކުއަރީ ރިޕޯޓްގައި ބުނެފައިވަނީ، އިންކުއަރީ އަށް މައުލޫމާތު ދެއްވި ބޭފުޅުން ފާހަގަކޮށްފައިވާ ގޮތުން ރައީސް ނަޝީދަކީ، އެމަނިކުފާނުގެ ސިޔާސީ ހަރަކާތް ފެއްޓެވި ހިސާބުން ފެށިގެން އެމަނިކުފާނާއި ދެކޮޅަށް ސިޔާސީ ގޮތުން ތްރެޓް ލިބިވަޑައިގަންނަވަމުންދިޔަ ބޭފުޅެއް ކަމަށާއި، އަދި ސިޔާސީ ވާދަވެރިންގެ އިތުރުން، އެމަނިކުފާނު ފިކުރީ ގޮތުން ހިޔާލު ތަފާތު މީހުންނާއި ދީނީ ހަރުކަށި ފިކުރުގެ މީހުން އެކި ފަހަރުމަތިން ނުރައްކާތައް ކުރިމަތި ކޮށްފައިވާ ފަރާތެކެވެ

2019 ވަނަ އަހަރު ލިބުނު އިންޒާރުތައް

ދެހާސް ނަވާރަވަނަ އަހަރުގެ "ޖުލައި" މަހުގެ ތެރޭގައި، އާއްމުކޮށްފައިވާ ވީޑިއޯއެއްގައި ބަޔަކު( ރިޕޯޓުން ނަންވަނީ އުނިކޮށްފަ) ދައްކާފައިވާ ވާހަކަތަކެއްގެ ތެރޭގައި ހަމަލާތައް ދިނުމަށާއި ޖިހާދަށް ދިއުމަށް ގޮވާލާ ފައިވެއެވެ. އަދި އެގޮތުން ހަރުކަށި ފިކުރުގެ ފަރާތްތަކުން ޓާގެޓްތައް ކަނޑައެޅުމުގައި ރައްޔިތުންގެ މަޖިލީހާއި އެ މަޖިލީހުގެ މެންބަރުންނަށް އަމާޒުކުރުމަށް ހިތްވަރުދީ ވާހަކަދައްކާފައިވާކަމުގެ މައުލޫމާތު ލިބިމުން ރައީސް ނަޝީދުގެ ތްރެޓް ލެވެލް ރިވިއު ކުރުމަށްފަހު ތްރެޓް ލެވެލް '' ސިވިއަ'' އަށް މަތިކުރިއެވެ.

ދެހާސް ނަވާރަވަނަ އަހަރުގެ "ސެޕްޓެންބަރު" މަހުގެ ތެރޭގައި، ސުޕްރީމް ކޯޓަށް އަންހެން ފަނޑިޔާރުން އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ނިންމުމާއެކު އެ ނިންމުމާއި އެއްކޮޅަށް ވޯޓުދޭ މަޖިލީސް މެންބަރުން މަރާލާނެ ކަމަށާއި، އޭގެ ތެރެއިން ރައީސް ނަޝީދަކީ ފުރަތަމަ ޓާގެޓް ކަމުގެ އިންޒާރު އެމްއެންޑީއެފް އަށް ލިބިފައިވެއެވެ. އެހެންކަމުން ރައީސް ނަޝީދުގެ ތްރެޓް ލެވެލް "ސަބްސްޓޭންޝަލް" ކަމަށް ކަނޑައެޅިއެވެ. 

ދެހާސް ނަވާރަވަނަ އަހަރުގެ "ސެޕްޓެންބަރު" މަހުގެ ތެރޭގައި، ރައީސް ނަޝީދު މަރާލަން ބަޔަކު ރާވަމުންދާކަމުގެ މައުލޫމާތު މާފުށީ ޖަލުގައިހުރި ހަރުކަށި ފިކުރުގެ މީހެއްގެ ފަރާތުން ލިބިފައިވާ ކަމަށްބުނެ އަމިއްލަ ފަރުދަކު ކޮށްފައިވާ ޓްވީޓަކުން އެމްއެންޑީއެފް އަށް އެ މައުލޫމާތު ލިބިފައިވެއެވެ. 

ދެހާސް ނަވާރަވަނަ އަހަރުގެ "އޮކްޓޫބަރު" މަހުގެ ތެރޭގައި، "ނަޝީދުގެ ބޮލަށް ވަޅިއެއް އަދި މެޔަށް ފުރޯ އެއް" ޖަހަފައި ހުރިގޮތަށް ހަދާ ފައިވާ ފޮޓޯ އެއް "އެންމެން އެކުގައި ދިވެހި" މިނަމުގައި ހިންގި ފޭސްބުކް ޕޭޖްއެއްގައި ޝާއިއުކޮށްފައިވާ ކަމުގެ މައުލޫމާތު އެމްއެންޑީއެފް އަށް ލިބިފައި ވެއެވެ. 

ރައީސް ނަޝީދު އަވަހާރަކޮށްލަން ހަތިޔާރާއި އެހެނިހެން ތަކެތި ހޯދާފައިވޭ

ދެހާސް ނަވާރަވަނަ އަހަރުގެ "ޑިސެންބަރު" މަހުގެ ތެރޭގައި، ރައީސް ނަޝީދު އަވަހާރަކޮށްލަން މަސައްކަތް ކުރާ ކަމަަށާއި، މީހަކަށް( ރިޕޯޓުން މީހާގެ ނަންވަނީ އުނިކޮށްފަ) ފަސް މިލިއަން ރުފިޔާ ދީފައިވާ ކަމުގެ މައުލޫމާތު އެމްއެންޑީއެފް އަށް ވަނީ ލިބިފައެވެ. އަދި ދެހާސް ނަވާރަވަނަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި، މީހަކާ( ރިޕޯޓުން މީހާގެ ނަންވަނީ އުނިކޮށްފަ) "ޓާސްކް" ހަވާލުކުރުމާއިއެކު އެކަން ކުރުމަށް ބޭނުންވާ ހަތިޔާރާއި އެހެނިހެން ތަކެތި ހޯދައި ހަމަޖައްސާފައިވާ ކަމުގެ މައުލޫމާތު އެމްއެންޑީއެފްއަށް ލިބިފައިވެއެވެ.

2020 ވަނަ އަހަރު އަދި 2021 ވަނަ އަހަރު ލިބުނު އިންޒާރުތައް

ވިހިވިހި ވަނަ އަހަރުގެ ރޯދަ މަހުގެ ފަހު ދިހައެއްގައި، ރައީސް ނަޝީދު އަވަހާރަކޮށްލަން ރާވާކަމުގައި މައުލޫމާތު ލިބިގެން، ސެކިއުރިޓީ "ހައި" ކުރިކަމަށް އިންކުއަރީއަށް މައުލޫމާތު ދީފައިވެއެވެ. 

އޭގެފަހުން 2021 ވަނަ އަހަރުގެ މެއި މަހުގެ ތިންވަނަ ދުވަހުގެ ރޭ،  އާންމުންގެ މީހެއްގެ ފަރާތުން ރައީސް ނަޝީދު އަވަހާރަކޮށްލަން އުޅޭކަމުގެ މައުލޫމާތެއް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބަށް ލިބިވަޑައިގަތުމުން އެ ވާހަކަ އެގޮތަށް ރައީސް ނަޝީދު އަރިހުގައި ދެންނެވިކަމަށާއި، ރައީސް ނަޝީދުގެ އިރުޝާ ދެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ ދީދީއާއި ހިއްސާކުރެއްވުމަށް ކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ. އެ އިރުޝާދާއި އެއްގޮތަށްއިލިޔާސް ހަމަ އެރޭ މިނިސްޓަރު މާރިޔާއަށް ގުޅުއްވި ނަމަވެސް އެރޭ މިނިސްޓަރު ފޯނަށް ޖަވާބު ނުދެއްވުމުގެ ސަބަބުން ނުގުޅުމުން ޖެހިގެން އާ މެއި މަހުގެ ހަތަރުވަނަ ދުވަހު ހެނދުނު މިނިސްޓަރާއި ގުޅުނު ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. 

ހަމަލާދިނީ އަވަހާރަކޮށްލަން އުޅޭކަމުގެ މައުލޫމާތު ހިއްސާކުރިތާ ދެދުވަސް ފަހުން

2021 ވަނަ އަހަރުގެ މެއި މަހުގެ ތިންވަނަ ދުވަހުގެ ރޭ،  އާންމުންގެ މީހެއްގެ ފަރާތުން ރައީސް ނަޝީދު އަވަހާރަކޮށްލަން އުޅޭކަމުގެ މައުލޫމާތެއް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބަށް ލިބިވަޑައިގަތުމުން އެވާހަކަ މިނިސްޓަރު މާރިޔާ އަރިހުގައި މެއި މަހުގެ ހަތަރުވަނަ ދުވަހު ހިއްސާކޮށްފަ ވަނިކޮށް ފިޔަވަޅެއް ނާޅާ އޮއްވާ ރައީސް ނަޝީދަށް ޓާގެޓުކޮށް ހަަމަލާދިނީ އޭގެ ދެދުވަސް ފަހުން މެއި މަހުގެ ހަވަނަ ދުވަހު އެވެ. 

އެ ހަމަލާދީފައިވަނީ ނަޝީދަށް އަމާޒުކޮށް އެމަނިކުފާނު ދިރިއުޅުއްވާ ކެނެރީގޭ ކައިރީގައެވެ. އެ ހަމަލާއަށް މިހާރު ވަނީ ދެމަސްވެގެން ގޮސްފައެވެ. 

15%
ކަމުގޮސްފި
23%
އަޑުއެހިތާ މިހުރީ
38%
ސަތޭކައަކުން ސުމެއް
23%
ވަރަށް ސަލާމް
ކޮމެންޓްސް