ads
ފޮޓޯ: ވެކްސިން
ވެކްސިން ފުރިހަމަކުރި މީހުންގެ އަދަދު 213،000 އަށް
މިދިޔަ ބުދަ ދުވަހު 6000އަށް ވުރެ ގިނަ މީހުން ކޮވިޑް-19އިން ރައްކާތެރިވުމަށް ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައިވާ ކަމަށް އެޗްޕީއޭއިން ހާމަކޮށްފި އެވެ.

އެޗްޕީއޭއިން އެންމެ ފަހުން އާއްމުކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިހާތަނަށް ވެކްސިންގެ ދެވަނަ ޑޯޒް ޖަހާ، 213،052މީހުން ވަނީ ވެކްސިން ފުރިހަމަކޮށްފައެވެ. 

އެގޮތުން މިމަހުގެ ހަތެއް ވީ ބުދަ ދުވަހު މުޅި ރާއްޖެއިން 6،807 މީހަކު ވަނީ ވެކްސިން ފުރިހަމަކޮށްފައެވެ. އޭގެތެރޭގައި ހިމެނެނީ، މާލޭ ސަރަހައްދުން ވެކްސިންގެ ދެވަނަ ޑޯޒް ޖެހި 4،634 މީހަކާއި އަތޮޅުތަކުން ވެކްސިންގެ ދެވަނަ ޑޯޒް ޖަހައި، ވެކްސިން ފުރިހަމަކުރި 2،173މީހެކެވެ. 

ބުދަ ދުވަހު ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ގޮތަށް ބަލާއިރު، މުޅި ރާއްޖެއިން 107 މީހަކު އަލަށް ވަނީ ވެކްސިން ޖަހާފައެވެ. އޭގެތެރޭގައި ހިމެނެނީ، މާލޭ ސަރަހައްދުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި 34 މީހަކާއި އަތޮޅުތަކުން އަލަށް ވެކްސިން ޖެހި 73 މީހެކެވެ. 

މިއާއެކު މުޅި ޖުމްލަ ރާއްޖެއިން ވެކްސިން ޖެހި މީހުންގެ އަދަދުވަނީ، 317،869އަށް އަރާފައެވެ. 

ދެ ޑޯޒް ޖަހާފައިވާ އަދި 14 ދުވަސް ހަމަވެފައިވާނަމަ ނެގެޓިވް ޕީސީއާރު ޓެސްޓަކާއެކީގައި ކަރަންޓީންއަކާއި ނުލާ މޮނިޓަރިންގައި ނޯންނަ ރަށްރަަށަށް ދެވޭގޮތް މިހާރު ވަނީ ހަދާފައެވެ.

މި ބަދަލާއިއެކު ފަސް އިންސައްތައަށްވުރެ ދަށްކޮށް ޕޮޒިޓިވިޓީ ރޭޓު ހުންނަ ނަމަ ނެގަޓިވް ޕީސިއާރް ޓެސްޓަކާއި އެކު ދެ ޑޯޒް ހަމަކޮށްފައިވާ ފަރާތްތަކަށް ކަރަންޓީންއަކާއި ނުލާ ދެވޭއިރު، ފަސް އިންސައްތައަށް ވުރެ މަތިކޮށް ޕޮޒިޓިވިޓީ ރޭޓް ހުންނަ ރަށަކުންނަމަ، ވެކްސިން ފުރިހަމަކޮށްފައިވާ ފަރާތްތަކުންވެސް ހަތް ދުވަހުގެ ކަރަންޓީއެއް ހަމަކޮށް ރިލީސް ސާމްޕަލެއް ނަގަންޖެހޭނެއެވެ. 

އަދި ޕޮޒިޓިވިޓީ ރޭޓް 10 އިންސައްތައަށްވުރެ މަތިކޮށް ހުންނަނަމަ 14 ދުވަހުގެ ކަރަންޓީއެއް ގުނަން ޖެހެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް