ads
ބޮލެކް ފުޓެޑް ކެޓް
މީ ދުނިޔޭގެ އެންމެ ނުރައްކާތެރި ބުޅާ؟
ދުނިޔޭގެ އެންމެ ނުރައްކާތެރި ބުޅަލަށް ކިޔަނީ ބްލެކް ފުޓެޑް ކެޓް ނުވަތަ ސްމޯލް ސްޕޮޓެޑް ކެޓް އެވެ.

މިބުޅާ އެންމެ ފުރަތަމަ ފެނިފައިވަނީ 1824 ވަނަ އަހަރު ސައުތު އެފްރިކާގެ ކެރޫ ކިޔާ ސަރަހައްދަކުން ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓް ކުރެ އެވެ. އަދި 1960 ވަނަ  އަހަރު ސައުތު އެފްރިކާގެ ހިސާބެއްކަމަށްވާ ބޮޓްސްވާނާ އިންވެސް ފެނިފައިވެއެވެ. މިބުޅަލަކީ ވަރަށް މަދުން ނޫނީ ނުފެންނަ ބުޅަލެކެވެ. މީގެ 19 އަހަރު ކުރިން 2002 ވަނަ އަހަރު އިންޓަނޭޝަނަލް ޔުނިޔަން ފޯ ކޮންޒަވެޝަން އޮފް ނޭޗާ(އައި.ޔޫ.ސީ.އެން) ގެ ރެޑް ލިސްޓްގައި ވެސް ވަނީ މި ބުޅާ ހިމަނާފަވެއެވެ.

ދިގުމިނުގައި 52-35 ސެންޓިމީޓަރު ހުންނަ މި ބުޅަލަކީ އެފްރިކާގެ އެންމެ ކުޑަ ވަލު ބުޅާވެސްމެއެވެ. 

މީގެ 28 އަހަރުކުރިން 1993 ވަނަ އަހަރު ރޭޑިޔޯ ޓެލެމެޓްރީ ބޭނުންކޮށްގެން މިބުޅަލާބެހޭގޮތުން ރިސާޗެއް ހަދާފައިވެއެވެ. މި ރިސާޗުން އެނގިފައިވާ ގޮތުގައި މި ބުޅާ ބިމުގައި ކޮނެފައި ހުންނަ ކުދިވަޅުގަނޑު ތަކުގައި ދުވާލު ގަޑީގައި ނިދާ އަދި ރޭގަނޑުގެ ވަގުތައް ހޭދަކުރަނީ ކާނާ ހޯދުމަށް ޝިކާރަކުރުމުގަ އެވެ. 

ކާނާ ހޯދުމަށް ކޮންމެ ދުވަހަކު 16-5 ކިލޯމީޓަރަށް ދަތުރުކުރާއިރު އާންމުކޮށް ޝިކާރަކުރަނީ ކުދި ދޫނި އާއި މީދާ ކަަހަލަ ކުދި ޖަނަވާރެވެ. 40 ވައްތަރުގެ ދިރޭ ޖަނަވާރު ޝިކާރަކުރާ މި ބުޅާ ކޮންމެ ރެޔަކު ގިނަވެގެން 14 ކުދި ޖަނަވާރު ޝިކާރަކުރެއެވެ. އަދި އުދުހިފައިދާ ދޫނި ޝިކާރަކުރުމަށް 1.4 މީޓަރުގެ އުސްމިނަށް ފުންމާލުމުގެ ގާބިލުކަން މި ބުޅަލަށް ލިބިފައިވެއެވެ. އަދި އަމިއްލަ ނަފްސަށްވުރެ ބަރު ދޫނި އާއި ޖަނަވާރު ޝިކާރަކުރުމުގެ ގާބިލުކަން ވެސް ލިބިފައިވެއެވެ.

މި ބުޅާ ޝިކާރަކުރުމަށް މައިގަނޑު ތިންގޮތެއް ބޭނުންކުރެއެވެ. އޭގެތެރޭގައި ވަރަށް އަވަހަށް ހަމަލާދީ ޝިކާރަކުރުމާއި މަޑުމަޑުން ހަމަލާދީ ޝިކާރަކުރުން ހިމެނެއެވެ. މީގެ އިތުރުން ޝިކާރަ ކުރާނެ ޖަނާވާރެއް ކައިރިވަންދެން ހިމޭނުން ބުޅާ އޮންނަ ކަމަށް ވެ އެވެ.

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް