ads
ލާލް ސިން ޗައްޑާގެ ކާސްޓާއި ޕްރޮޑަކްޝަން ޓީމު
ޝޫޓިންގައި ތިބި ސަރަހައްދަށް ކުނި އެޅުމުން އާމިރުގެ ޓީމު ހޫނުފެނަށް
ބޮލީވުޑްގެ އެންމެ ކާމިޔާބު އެކްޓަރުންގެ ތެރޭގައި ހިމެނޭ އާމިރު ހާން އަކީ މޮޅު އެކްޓަރެއްގެ އިތުރުންް އިޖުތިމާއީ ކަންކަމުގައި އިސްވެ އުޅޭތީ ގިނަ ބައެއްގެ ތައުރީފް ލިބެމުން އަންނަ ތަރިއެކެވެ.

 މީގެ 15 ދުވަހުގެ ކުރިން މުޅި އިންޓަނެޓްގައި އޮތީ އާމިރު އާއި އޭނާގެ އަންހެނުން ކިރަން ޑިވޯސްވި ވާހަކަ އެވެ. ނަމަވެސް އެކަންތަކަށް ފަސް އެޅި މިފަހަރު ފެންމަތިވެފައި މިވަނީ  އާމިރު  މަސައްކަތް ކުރަމުން އަންނަ ފިލްމު “ލާލް ސިން ޗައްޑާ”ގެ ސެޓުގައި ހިނގި، މީހުންނަށް ބަލައިގަންނަން ދަތި ކަމެއްގެ ވާހަކަ އެވެ. އަދި އެ ކަމެއްގެ ސަބަބުން އޭނާ ކުރި ހުރިހާ މަސައްކަތެއް މީހުންގެ ކުރިމަތީ ވީ ދެއްކުންތެރިކަމަށެވެ.

ލާލް ސިން ޗައްޑާގެ ހަނގުރާމައިގެ މަންޒަރެއް ނަގަން އާމިރު އާއި އޭނާގެ މުޅި ޓީމު ވަނީ ލަޑަކް ގައި އޮންނަ ވައްހާ ވިލެޖަށް ގޮސްފައެވެ. އެ ސަރަހައްދަށް ފިލްމުގެ ޓީމުން 20 ދުވަހުގެ ދަތުރެއް ކޮށްފައިވާއިރު ޝޫޓިންގައި އުޅުނު ސަރަހައްދަށް ޕްލާސްޓިކް ފުޅިއާއި ކުނި އަޅާފައި ހުރި މަންޒަރު ފެންނަ ވީޑިއޯއެއް ޓްވިޓާގައި މީހަކު ވަނީ ހިއްސާކޮށްފަ އެވެ. 

ވީޑިއޯއިން އެ ސަރަހައްދަށް ގިނަ އަދަދެއްގެ ކުނި އަޅާފައިވާ މަންޒަރު ފެންނަ އިރު ވީޑިއޯ ހިއްސާ ކުރި މީހާ ބުނީ އެއީ އާމިރުގެ ކުރިއަށް އޮތް ފިލްމު ލާލް ސިން ޗައްޑާގެ ފަރާތުން އެ ސަރަހައްދުގައި އުޅޭ މީހުންނަށް ދޫކޮށްލި ހަދިޔާ އަކީ މިއީ ކަމަށެވެ. 

އަދި އާމިރު އަކީ އޭނާގެ ޓީވީ ޝޯ ސައްތަމޭ ޖަޔަތޭގައި ވަރަށް ބޮޑަށް ތިމާވެށީގެ ސާފުތާހިރު ކަމުގެ ވާހަކަ ދައްކާ މީހެއް ކަމުގައި ވިނަމަވެސް އަމިއްލަ މީހާއަށް މިފަހަރު ކަންތައް ވީ ގޮތަކީ މިއީ ކަމަށް ވީޑިއޯ ހިއްސާ ކުރި މީހާ ބުނެފައިވެއެވެ.

މިހާތަނަަށް އާމިރު އަދި އޭނާގެ ޓީމުގެ ފަރާތުން އެކަމާ ގުޅޭ ގޮތުން ބަހެއް ބުނެފައި ނުވާއިރު ގިނަ ބަޔަކު އަންނަނީ އާމިރު އާއި ފިލްމުގެ ޓީމަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް