ads
ފޮޓޯ: ވެކްސިން
މިހާރު އޮންލައިންކޮށް އެޕޮއިންޓްމެންޓް ހެދޭނެ: އެޗްޕީއޭ
ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމަށް އޮންލައިންކޮށް އެޕޮއިންޓްމެންޓް ހެދޭނެކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ(އެޗްޕީއޭ)ން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ ފެބްރުއަރީ، މާޗް އަދި އޭޕްރިލް މަހުގައި މާލެ ސަރަހައްދުގައި ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ މީހުންނަށް ދެވަނަ ޑޯޒްގެ ވެކްސިން ޖަހަން އޮންލައިންކޮށް އެޕޮއިންޓްމެންޓް ނެގޭނެކަމަށެވެ.

އެޕޮއިންޓްމަންޓް ނެގުމަށް އެޗްޕީއޭގެ ވެބްސައިޓަށް ދިއުމަށް އަންގާފައިވާއިރު، އެޕޮއިންޓްމަންޓު ގަޑީގެ 15 މިނެޓު ކުރިން ވެކްސިން ސެންޓަރަށް ދިއުމަށް ސަމާލުވުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

އަދި ގަޑިއަށް ހާޒިރުނުވެވިއްޖެނަމަ އެޕޮއިންޓުމަންޓު ކެންސަލްވާނެކަމަށާއި، އަލުން އެހެން ދުވަހަކަށް އެޕޮއިންޓުމަންޓު ނަގަން ޖެހޭނެކަމަށްވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

ފާއިތުވި 24 ގަޑިއިރުތެރޭގައި 622 މީހަކު ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައިވާއިރު، 6،755 މީހަކު ދެވަނަ ޑޯޒް ފުރިހަމަ ކޮށްފައިވެއެވެ.

އަދި މިހާތަނަށް ރާއްޖޭގެ 319،378 މީހެއް ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައިވާއިރު، 242،370 މީހެއް ދެވަނަ ޑޯޒް ޖަހާފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް