ads
އެއްބަސްވުމުގައި ސޮއި ކުރަނީ----
ފްލެޓްތަކުގެ އެއްބަސްވުމުގައި ސޮއިކުރަން ފަށައިފި
ސޮއި ކުރުމަށް އަމިއްލަ ގަލަމެއް ގެންދަންޖެހޭނެ
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުމާލޭގެ ފޭސް ދޭއްގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތަކުގެ ހައްގުވެރިންނަށް ފްލެޓްތައް ހަވާލުކުރުމަށް އެގްރީމެންޓުގައި ސޮއިކޮށް، ތަޅުދަނޑިތައް ހަވާލުކުރުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން (އެޗްޑީސީ) އިން ފަށައިފި އެވެ.

ހިޔާ މަޝްރޫއުގެ ދަށުން ފުލެޓު ލިބިފައިވާ ފަރާތްތަކާއިއެކު އެއްބަސްވުމުގައި ސޮއިކުރުމާއި ތަޅުދަނޑިތައް ހަވާލުކުރަން ފެށޭނެކަމަށް ސަރުކާރުން ވައުދުވެފައިވާ ދުވަހަކީ މިއަދެވެ. 

ވައުދުވެފައިވާ ގޮތަށް އެމަސައްކަތް މިއަދު ފެށިއިރު، އެޗްޑްސީން ބުނީ، ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލެ ފޭސް-2 ގައި އިމާރާތްކޮށްފައިވާ 6,720 ފުލެޓަށް ހޮވިފައިވާ ފަރާތްތަކާއިއެކު ފުލެޓުގެ އެއްބަސްވުމުގައި ސޮއިކުރަން ތާވަލް ކޮށްފައިވަނީ އެއްބަސްވުން ތައްޔާރުކުރަން ކޮންމެހެން
ބޭނުންވާ މަޢުލޫމާތު ކަމަށްވާ، ފުލެޓު ލިބިފައިވާ ފަރާތްތަކުގެ މައުލޫމާތު އަދި ފުލެޓުގެ ވެރިފަރާތުގެ
ބަދަލުގައި އެއްބަސްވުމުގެ ޒިންމާ އަދާކުރާނެ ފަރާތް ހަމަޖެއްސުން ފުރިހަމަކޮށް، އެ ކޯޕަރޭޝަނަށް ހުށަހަޅާފައިވާ ފަރާތްތަކަށް ކަމަށެވެ.

ސޮއި ކުރުމުގެ ކަންތައްތައް ފަސޭހަކޮށް ކުރިއަށް ގެންދިއުމުގެ ގޮތުން އެފަރާތަކަށް ކަނޑައެޅިފައިވާ ވަގުތަށް ހާޒިރުވުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށާއި ސޮއި ކުރަން ހާޒިރުވާ ފަރާތްތަކުން ސަމާލުކަން ދޭން ވީ ބައެއް ކަންކަން ވެސް އެޗްޑީސީން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ފުލެޓުގެ އެއްބަސްވުމުގައި ސޮއި ކުރުމަށް ހާޒިރުވާ ފަރާތްތަކުން އެއްބަސްވުމުގައި ސޮއިކުރުމަށް ހާޒިރުވާއިރު، ގަލަން (ދެލި ނުފޭދޭ، ނޫކުލައިގެ) އަދި އިނގިލީގެ ނިޝާން ޖަހަން ބޭނުން ކުރާ "އިންކް ޕެޑް" އަމިއްލައަށް ގެނައުމަކީ އެދެވިގެންވާ ކަމެއް ކަމަށް އެޗްޑީސީން ބުނެއެވެ. އެގޮތަށް އިލްތިމާސްކޮށްފައިވަނީ ކޮވިޑް-19ގެ ހާލަތާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށް އެޗްޑީސީން ބުނެއެވެ. 

އެއްބަސްވުމުގައި ސޮއި ކުރުމަށް ހާޒިރުވާ ފަރާތްތަކުން ސަމާލުކަން ދޭންވީ އިތުރު ކަންތައްތައް:

  • ފުލެޓުގެ އެއްބަސްވުމުގައި ސޮއި ކުރާ ފަރާތުގެ އިތުރުން ހެކިވެރިއަކު ގެންނަންވާނެ، އަދި ހެކިވެރިއެއްގެ ގޮތުގައި ސޮއިކުރާ ފަރާތުގެ އައިޑީކާޑުގެ ދެފުށް ފެންނަ ސާފުކޮޕީއެއް ގެންނަން ވާނެ
  • ވެރިފަރާތުގެ ބަދަލުގައި ސޮއިކުރަން "ޕަވަ އޮފް އެޓަނީ" އެހެން ފަރާތަކަށް ދެވިފައިވާނަމަ، އެފަރާތުގެ އިތުރުން ހެކިވެރިއަކާއިއެކު ހާޒިރުވުން

އެޗްދީސީން އިތުރަށް ބުނީ، ފުލެޓުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ގިނަފަރާތްތަކަކަށް ތާވަލު ކުރެވިފައިވާތީ، އެއްބަސްވުން ސޮއިކުރުމަށް ހަމަޖެހިފައިވާ ހޯލަށް ވަނުމަށާއި ފުލެޓާއި ހަވާލުވުމަށް ފުރުސަތު ދެވޭނީ ފުލެޓުގެ އެއްބަސްވުމުގައި ސޮއިކުރާ ފަރާތްތަކުގެ އިތުރުން ހެކިވެރިއެއްގެ ގޮތުގައި ސޮއި ކުރާ ފަރާތަށް އެކަނި ކަމަށެވެ. 

އެގްރީމެންޓުގައި ސޮއި ކުރަުން އޮތީ ހުރަވީ ސްކޫލުގެ ހޯލްގައެވެ. އެއްފަހަރާ 256 މީހުންނަށް ސޮއި ކުރުވޭނެ ފަދަ ގޮތަކަށް އިންތިޒާމު ހަމަޖެހިފަވާ ކަމަށް އެޗްޑީސީން މީގެ ކުރިންވަނީ ބުނެފައެވެ. އެތަނުގައި 25 މޭޒު ޖަހަައިގެން އެއްފަހަރާ 25 ބޭފުޅުންނަށް ސޮއިކުރުމުގެ ކަންތައްތައް ކުރިއަށްގެންދެވޭއިރު، 25 މޭޒު ބަހައްޓައިގެން ދުވާލަކު 300 އާއި 350 އާއި ދެމެދުގެ ބޭފުޅުންނަށް ފްލެޓް ހަވާލުކުރެވޭނެކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

އެގްރީމެންޓްގައި ސޮއިކުރަން މިއަދު ފެށުނުއިރު، މިއަދުން ފެށުގެން އިން ފެށިގެން 30 ދުވަހުގެ ތެރޭގައި ހުރިހާ އެގްރީމެންޓްތަކެއްގައި ސޮއިކުރެވި ނިންމާލެވޭނެ ކަމަށް އެޗްޑީސީން މައުލޫމާތު ދެއްވާފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވަނީ މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވެސް ވިދާޅުވެފައެވެ. 

ސޮއި ކުރަން ފަށާއިރު އީދު ބަންދު ނޫން ދުވަސްތަކުގައި ކޮންމެ ދުވަހަކު 300 އެގްރީމެންޓުގައި މަދުވެގެން ސޮއި ކުރާނޭ ކަމުގެ ޔަގީންކަން އެޗްޑީސީ އިން ވަނީ ދީފައެވެ. އެގޮތުން އީދު ބަންދު ދުވަސްތަކުގައި ހައްޖު ދުވަހާއި އީދުދުވަސް އަދި ވަޅު އީދު ދުވަސް ފިޔަވާ ބާކީ ދުވަސްތަކުގައި ވެސް ސޮއިކުރުން ކުރިއަށް ގެންދިއުމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވަނީ އެޗްޑީސީ އަށް އަންގަވާފައެވެ.

އެގްރީމެންޓް ތަކުގައި ސޮއި ކުރާނީ ކޮންޓްރެކްޓަރު މަސައްކަތް ނިންމާ އެޗްޑީސީ އާއި ޓަވަރުތަށް ހަވާލުކުރާ ތަރުތީބުން، ފަހަރަކު ޓަވަރެއް ނިންމާ މަގުންކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ހިޔާ ފްލެޓްތަކުގެ ވެރިންނާއެކު އެގްރީމެންޓުގައި ސޮއި ކުރާ ދުވަހު ފްލެޓްގެ ތަޅުދަނޑި ހަވާލުކުރާނެކަމަށް އެޗްޑީސީއިން ވަނީ މީގެ ކުރިން ބުނެފައެވެ. މިއަދު އެއްބަސްވުންތަކުގައި ސޮއި ކުރެވުމާއިއެކު އެފަރާތްތަކަށް ހިޔާ ފްލެޓްތަކުގެ ތަޅުދަނޑިތައް ވެސް ހަވާލުކުރެވިގެން ދާނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް