ads
ފަރުހާން އާއި ރިއާ
ފަރުހާން އަޚްތަރް ގެ "ތޫފާން" އަށް ރިއާ ރިވިއުކޮއަފި!
ބޮލީވުޑްގައި އަރަމުން އަންނަ ތަރި ރިއާ ޗަކްރޮބޯޓީ ހޮނިހިރު ދުވަހު އިންސްޓަގްރާމް ސްޓޯރީގައި ފަރްހާން އަޚްތަރްގެ ފިލްމް "ތޫފާން"ގެ ޕޯސްޓަރެއް ޝެއާކޮއް، ރިއާ ވަނީ "ތޫފާން" އަށް ރިވިއުކޮއްފައެވެ.

މި ހަފްތާ ބަންދުގައި ރިލީސްކުރި ފިލްމް "ތޫފާން" އާއި ގުޅޭގޮތުން ރިއާ ބުނެފައިވަނީ މި ފިލްމަކީ ވަރަށް އިންސްޕަޔަރިން ފިލްމެއްކަމަށެވެ. މީގެ އިތުރުން މި ސްޓޯރީގައި ރިއާ ވަނީ ފަރުހާން ގެ އިތުރުން ފިލްމުގެ ޕްރޮޑިއުސަރު ރިތޭޝް ސިޑްވާނީ ވެސް ޓެގްކޮއްފައެވެ.

your imageރިއާގެ އިންސްޓަގްރާމް ސްޓޯރީ

ފިލްމް "ތޫފާން" ރިލީސްކޮއްފައިވަނީ އެމަޒޯން ޕްރައިމްގައި ހުކުރުދުވަހުއެވެ. މި ފިލްމުގައި ދައްކުވައިދެނީ ފަރުހާން ބޮކްސިން ޗެމްޕިއަން އަށް ވެގެން ދާގޮތެވެ. ރާކޭޝް އޯމްޕްރަކާޝް މެހެރާ ޑައިރެކްޓުކޮއް ގެނެސް ދީފައިވާ މި ފިލްމަށް ރިއާގެ އިތުރުން ބޮލީވުޑްގެ ގިނަ ތަރިން ތަކެއް ވަނީ ރިވިއުކޮއްފައެވެ. އެގޮތުން ޝާހުރުކް ޚާން ވެސް ވަނީ މި ފިލްމަށް ރިވިއު ކޮއްފައެވެ.

ބޮލީވުޑްގެ ކިންގް ގެ ގޮތުގައި ފާހަކޮއްލެވޭ ކިންގެ ޚާން ވަނީ މި ފިލްމަށް ރިވިއުކޮށް ޓުވީޓްކޮއްފައެވެ. 

މީގެ އިތުރުންވެސް ފިލްމް "ތޫފާން" އަށް ވަނީ ތަފާތު ރިއެކްޝަންތައް ލިބިފައެވެ. 

ރިއާ މިހާރަކަށް އައިސް ފެނިގެންދަނީ ސޯޝަލް މީޑިއާގައި ވަރަށް އެކްޓިވް ކޮށެވެ. ރިއާގެ ކުރީގެ ލޯބިވެރިޔާ ސުޝާންތް ސިންގު ރާޖްޕްތްގެ މަރާ ގުޅިގެން ސުޝާންތުގެ އާއިލާއިން ވަނީ ރިއާ އަށް ގިނަ ތުހުމަތު ތަކެއްކޮއްފައެވެ. އަދި ހަމަ އެޔާއެކު ބޮލީވުޑްގައި ޑްރަގް ނެޓްވޯކެއް އޮތްކަމަށް ތުހުމަތު ކޮށް ސީބީއައި އިން ކުރިޔައްގެންދިޔަ ތަހުގީގާއި ގުޅިގެން ރިއާގެ ފިލްމީ ކެރިއަރަށް ވަނީ ބޮޑެތި އަސަރުތަކެއް ކޮއްފައެވެ. 

ފަރްހާންގެ ލޯބިވެރިއާ ޝިބާނީ އާއި ރިއާ އަކީ ވަރަށް ގާތް ދެ ރައްޓެހިންނެވެ. ސީބީއައިގެ ތަހުގީގަށް ރިއާ މީގެ ކުރިން ހައްޔަރު ކުރެވުނު އިރު ޝިބާނީ ފާހަގަ ކުރެވިގެންދިޔައީ ރިއާ އަށް ސަޕޯޓުކޮއް ރިއާގެ ދިފާއުގަ ސޯޝަލް މީޑިއާގައި ވާހަކަ ދެއްކި ފަރާތެއްގެ ގޮތުގައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް