ads
އަލް އަގްސާ މިސްކިތުގައި މީހަކު ނަމާދުކުރަނީ
އަގްސާ މިސްކިތުގައި އަޅުކަންކުރަން ތިބިމީހުންނަށް އިޒްރޭލުގެ ފުލުހުން ހަމަލާދީފި
މަސްޖިދުލް އަގްސާ އަށް އަޅުކަމަށް ގޮސް ތިބި ފަލަސްތީނުގެ މުސްލިމުންނަށް އިޒްރޭލުގެ ފުލުހުން ވަނީ މިއަދު ހަމަލާ ދީ ބައެއް މީހުން މިސްކިތުން ބޭރުކޮށްފައެވެ.

މިމަހުގެ 18 ވަނަ ދުވަހުން ފެށިގެން، "ހައިކަލް ސުންނާފަތިކުރުން' ފާހަގަކުރުމުގެ ގޮތުން އަގްސާ މިސްކިތަށް ވަންނާނެ ކަން، މިމަހުގެ ކުރީކޮޅު ޔަހޫދީ ޖަމާއަތްތަކުން އޮތީ އިއުލާން ކޮށްފަ އެވެ. އެމީހުން މިދުވަސް ފާހަގަކުރަނީ ސަލާމްލެއްވި ސުލައިމާންގެފާނުގެ ހައިކަލް (ފައްޅި) އަށް ބާބިލުން ހަމަލާދީ ބިމާ ހަމަކޮށްލި ދުވަހާއި ރޯމަނުންގެ ހަމަލާތަކުގައި ހީރޯދޯސްގެ ހައިކަލް (ދެ ވަނަ ފައްޅި) ސުންނާތި ކުރި ދުވަހުގެ ހަނދާން އާ ކުރުމުގެ ގޮތުންނެވެ. އެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރާ ކަމަކީ، ގާތްގަނޑަކަށް 25 ގަޑިއިރު ވަންދެން ހިފާ ރޯދައެއް ހިފުމާއި، އެ ހާދިސާގެ ހިތާމަ ފާޅުކުރުމެވެ. 

ޔަހޫދީންގެ ހަރުކަށި ޖަމާއަތްތަކުން ބުނި ގޮތުގައި، އިއްޔެގެ ހެނދުނުން ފެށިގެން އިރު އޮއްސުމާ ދެމެދު، ޔަހޫދީންގެ 1679 މީހަކު އަގްސާ މިސްކިތުގެ ހަރިންމަ ތެރެއަށް ވަދެ، ޔަހޫދީންގެ ދީނީ އަޅުކަމުގައި ބައިވެރިވި އެވެ. މުސްލިމުންގެ ތިން ވަނަ ހަރަމްފުޅުގެ ހުރުމަތް ކަނޑައި، ޔަހޫދީން އެ މިސްކިތަށް ވަންނަނީ، އިޒްރޭލު ފުލުހުންނާއި ސިފައިންގެ ހިމާޔަތާއި ރައްކާތެރިކަން ލިބިގެންނެވެ.

ޔަހޫދީން ބައިބަޔަށް އަގްސާ މިސްކިތަށް މިސްރާބު ޖެހުމުން، އަގްސާ މިސްކިތުގައި ތިބި މުސްލިމުން އެތަނުން ބޭރުކުރުމަށް، އިޒްރޭލު ފުލުހުން ވަނީ ކަރުނަ ގޭސް ޖަހައި، ރަބަރު ވަޒަން ބޭނުންކޮށްގެން ބަޑިވެސް ޖަހައިފައިވެއެވެ. ޔަހޫދީ ފުލުހުން ބާރުގެ ބޭނުން ކުރިނަމަވެސް، ފަލަސްތީނުގެ ޒުވާނުން ވަނީ، އޮއްގަލުން އިޒްރޭލު ފުލުހުންނަށް ހަމަލާ ދީފަ އެވެ. ފަލަސްތީނު ސަރުކާރުން ބުނާ ގޮތުގައި، މުސްލިމުންގެ ހުރުމަތްތެރި މިސްކިތެއްގެ ހުރުމަތް ކަނޑައި، ހަމަނުޖެހުންތަކަށް މަގު ފަހިކުރުވަނީ އިޒްރޭލު ސަރުކާރުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް