ސަމޯއާގައި ހިމަބިހި ޖެހިގެން 83 މީހުން މަރުވެއްޖެއެވެ.

Advertisement
ސޯމާގައި ހިމަބިހި ޖެހިގެން 83 މީހުން މަރުވެއްޖެއެވެ.
ސަމޯއާގެ އާބާދީގައި އުޅުނެނީ ގާތްގަނޑަކަށް ދެ ލައްކަ (200،000) މީހުންނެވެ.
ސޯމާގެ 56797 އަށްވުރެ ގިނަ މީހުންނަށް ހިމަބިހި ޖެހިފައިވާކަމަށް އެ ގައުމުގެ ސިއްހަތާއި ބެހޭ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.
ހިމަބިއްސަކީ ވެކްސިން ދީގެން ރައްކާތެރިވެވޭނެ ބައްޔެކެވެ.
ހިމަބިހި ޖެހިގެން 16 މީހަކު މިހާރުވެސް ވަނީ އެޑްމިޓްކޮށްފައެވެ. އޭގެ ތެރޭގައި ނުރައްކާތެރި ހާލަތެއްގައި އޮތް 16 ކުއްޖަކުވެސް ހިމެނެއެވެ.
މީސަލްސް. ނުވަތަ ހިމަބިއްސަކީ މީސަލްސްކިޔާ ވައިރަހެއްގެ ސަބަބުން ޖެހޭ ބައްޔެވެ. މިއީ ގައިން ގަޔަށް އަރާ ބައްޔެކެވެ. މި ބަލީގެ އަލާމަތްތަކުގެ ތެރޭގައި ހުން އައުމާއި، ނޭފަތުން އަރިދަފުން ފޭބުމާއި ލޯ ރަތްވުން ހިމެނެއެވެ.