ads
ސަލްމާނާއި ޝަހްރުކް
"ޓައިގާ 3" އިން ޝާހުރުކް ފެނިގެންދާނެ
ޝާހްރުކް ހާން ގެ ފިލްމު "ޕަތާން" ގައި ހިމެނޭ ސަލްމާން ޚާންގެ ހާއްސަ ފެނިލުމުގެ ޝޫޓިން ވެސް ނިންމާލާފައިވާ އިރު، އޭނާގެ "ޓައިގާ 3" ގައި ޝާހްރުކްގެ ހާއްސަ ފެނިލުމެއް ވެސް ހިމަނަން ނިންމައިފި އެވެ.

މި ދެ ފިލްމަކީ ވެސް އަދިތިޔާ ޗޯޕްޅާގެ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ހަދާ ފިލްމުތަކެވެ. މާޗް މަހުން ފެށިގެން "ޓައިގާ 3" ގެ މަސައްކަތް މެދުކެނޑިފައި އޮތުމަށް ފަހު، އޭގެ މަސައްކަތް އަލުން މި މަހުގެ 23 ގައި ފަށާނެއެވެ. މިދެ ފިލްމު ގެ ޝޫޓިން ވެސް ކުރިއަށް ގެންދަނީ ވައިއާރްއެފް ހަދާފައިވާ ސެޓްތަކެއްގައި ކަމަށްވާތީ ސަލްމާންގެ ފިލްމުގެ ޝޫޓިން އަލުން ފެށުމާ އެކު ޝާހްރުކް، އެ ފިލްމުގެ ސެޓަށް ގޮސް ވެސް ޝޫޓްކުރަން ޖެހޭ "ޓައިގާ 3" ގެ މަންޒަރުތައް ނަގައި ނިންމާނެ އެވެ.

މި ދެ ފިލްމަކީ ވެސް އިންޑިއާގެ ޝޫޓިން ނިންމައިލުމަށް ފަހު، އަންނަ މަހުގެ ތެރޭގައި ކާސްޓާއި ކްރޫ އިންޓަނޭޝަނަލް ލޮކޭޝަންތަކަށް ފުރަން ތާވަލުކޮށްފައި އޮތް ފިލްމުތަކެވެ. އެހެންވެ އޭގެ ކުރިން "ޓައިގާ 3" ގެ މަންޒަރުތައް ޝާހްރުކް ނިންމާނެ އެވެ.

ސަލްމާންގެ "ޓައިގާ" ފްރެންޗައިޒްގެ ތިން ވަނަ ފިލްމަކީ ޝާހްރުކްގެ 2016 ގެ "ފޭން" ގެނެސްދިން މަނީޝް ޝަރުމާ ޑައިރެކްޓްކުރާ ސްޕައި އެކްޝަން ތުރިލާއެކެވެ. މީގެ ކާސްޓްގައި ކެޓްރީނާ ކައިފާއި އިމްރާން ހާޝްމީ ހިމެނެ އެވެ.

"ޕަތާން" އާއި "ޓައިގާ 3" ވެސް ބެލުންތެރިންނަށް ގެނެސްދޭނީ އަންނަ އަހަރު އެވެ.

ކުރިން ވެސް ސަލްމާނާއި ޝާހްރުކް އެކަކު އަނެކެއްގެ ފިލްމުތަކުގެ ހާއްސަ ފެނިލުންތަކުގައި ބައިވެރިވެފައިވެ އެވެ. ދެ ތަރިން އެކީގައި ކުޅުނު ފިލްމުތަކުގެ ތެރޭގައި "ކަރަން އަރުޖުން" އާއި "ކުޗް ކުޗް ހޯތާ ހޭ" އަދި "ހަމް ތުމާރޭ ހޭ ސަނަމް" ހިމެނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް