ads
ފިލްމީ ތަރި އަޒޭ
އަޒޭއަށްވެސް ކަމުދަނީ ދިވެހި ތައްޔާރީ ކެއުންތައް
ފިލްމީ ތަރި އަހުމަދު އަޒްމީލް (އަޒޭ) އަށްވެސް ކަމުދަނީ ދިވެހީން ތައްޔާރުކުރާ ދިވެހިވަންތަ ކާނާކަމަށް އަޒޭ ބުނެފިއެވެ.

ދިވެހި ފިލްމީ އިންޑަސްޓްރީގައި ގިނަ ބައެއްގެ ލޯތްބާއި މަގުބޫލުކަން ހޯދާފައިވާ އަޒޭއަކީ ފިލްމީ އިންޑަސްޓްރީގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކުރި ކުޅަދާނަ ފަންނާނެކެވެ.

ކޮވިޑުގެ ހާލަތުގައި އީދު ރަނގަޅަށް ފާހަގަ ނުކުރެވޭކަން ފާހަގަކޮށް އަޒޭ ބުނީ މި އީދުގައި މާ ބޮޑު އެއްޗެއް ކެއްކިފައި ނުވާކަމަށެވެ. 

އެހެންނަމަވެސް ދިވެއްސަކަށް ވީތީވެސް އަޒޭއަށް ކަމުދަނީ ބޭރު ކެއުންތަކަށް ވުރެ ބޮޑަށް ދިވެހީން ތައްޔާރުކުރާ ދިވެހިވަންތަ ތައްޔާރީ ކާނާކަމަށް އަޒޭ ބުނެއެވެ.

މީގެއިތުރުން އަޒޭއަކީ ސިޔާސީ މަގާމެއްގައިވެސް ހަރަކާތްތެރިވަމުން ގެންދާ ފަންނާނެކެވެ. ނޭޝަނަލް ސެންޓާ ފޯދި އާޓްސް (އެންސީއޭ)ގެ އެގްޒެކްޓިވް ޑިރެކްޓަރުގެ މަގާމު އަދާކުރަމުން ގެންދާއިރު، އަޒޭ ބުނީ ކޮވިޑުގެ ބަލިމަޑުކަމުގެ ސަބަބުން ހުރިހައި މަސައްކަތްތަކެއްވެސް ހުރީ ހުއްޓުމެއްގައި ކަމަށެވެ. އެހެންނަމަވެސް މަޑުމަޑުން މަސައްކަތްތައް ކުރިއަށް ގެންދާކަމަށް އަޒޭ ވަނީ ބުނެފައެވެ.

އަޒޭ ދަނީ ބައިސްކޯފުގައި ދައްކަމުން ގެންދާ ދިވެހި ޑްރާމާއެއް ކަމަށްވާ އަވަށްޓެރިޔާ ގައިވެސް މަސައްކަތް ކުރަމުންނެވެ. އަޒޭ ބުނީ މި ޑްރާމާގައި އޭނާ އަދާކުރަމުން ގެންދާ ރޯލަކީ އޭނާ އެހެންޏާއި ކުޅޭ ރޯލުތަކަށްވުރެ ތަފާތު ރޯލެއްކަމަށާއި އެ ޑްރާމާގައި އޭނާ ފެނިގެންދާނީ ސީރިއަސް-ކޮމެޑީ ރޯލަކުން ކަމަށެވެ.

ފިލްމީ ދާއިރާގެ ގިނަ ފަންނާނުން ސިޔާސީ ދާއިރާތައް ފުރުއްވުމަށްޓަކައި ފިލްމީ ދާއިރާ ދޫކުރި ނަމަވެސް އަޒޭ ދަނީ އޭނާގެ ފުރިހަމަ ގާބިލިއްޔަތުން ދެ ދާއިރާގައިވެސް ހަރަކާތްތެރިވަމުންނެވެ.

50%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް