ads
ޕީޕީއެމް އޮފީސް ސަރަހައްދު
މުޒާހަރާކޮށްފާނެތީ ޕީޕީއެމްއޮފީސް ސަރަހައްދު ބަންދުކޮށްފި
ޕީޕީއެމް އޮފީސް ސަރަހައްދުގައި ބަޔަކު މުޒާހަރާކުރާނެކަމަށް މައުލޫމާތުލިބުމުން އެސަރަހައްދު ބަންދުކޮށްފިއެވެ.

ޕީޕީއެމް އޮފީސް ސަރަހައްދު ބަންދުކުރުމާއި ގުޅިގެން ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު ބުނީ އެސަރަހައްދު ބަންދު ކުރި ސަބަބެއް ނޭނގޭކަމަށެވެ. 

އަދި އެސަރަހައްދު ބަންދުކޮށްފައިވަނީ ޕީޕީއެމުން ނުވަތަ ޕީއެންސީއިން މުޒާހަރާ ކޮށްގެންނޫންކަމަށާއި، އެއްވެސް ބަޔަކު މުޒާހަރާ ކޮށްގެނެއް ނޫންކަމަށް ހީނާ ވިދާޅުވިއެވެ.

އެހެންނަމަވެސް މިކަމާއި ގުޅިގެން ފުލުހުން ބުނީ އެސަރަހައްދު ބަންދުކުރީ ޗައިނާ އެމްބަސީ ކައިރީ ބަޔަކު މުޒާހަރާ ކުރަން އުޅޭކަމަށް ފުލުހުންގެ އިދާރާއަށް ލިބިފައިވާ މައުލޫމާާތާއި ގުޅިގެންކަމަށެވެ.

އަދި މި ފިޔަވަޅު އެޅީ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް