ads
މިނިސްޓަރު އިމްރާން އަބްދުﷲ
ރައީސް ނަޝީދަށް ދިން ހަމަލާގެ ތަހުގީގު ވަރަށް ކާމިޔާބު: މިނިސްޓަރު އިމްރާން
ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މެއި މަހުގެ ހަވަނަ ދުވަހު ދިން ޓެރަރިސްޓް ހަމަލާގެ ތަހުގީގުގައި ދިވެހި ފުލުހުން ކުރި މަސައްކަތް ވަރަށް ކާމިޔާބުކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން ކުރިއަށް ގެންދިޔަ ތަހުގީގަކީ މިހާތަނަށް ފުލުހުން ހިންގާފައިވާ އެންމެ ބޮޑު އަދި އެންމެ ބުރަ އެއް ތަހުގީގުކަމަށެވެ.

މި ތަހުގީގުގައި ފުލުހުން ކޮށްފައިވާ މަސައްކަތްތަަކީ ފުރިހަމަ ތަހުގީގުތަކެއްކަން ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ މި ތަހުގީގަކީ މިހާތަނަށް ފުލުހުން ކުރިއަށް ގެންދިޔަ އެންމެ ކާމިޔާބު އެއް ތަހުގީގުކަމަށެވެ.

އަދި ތަހުގީގާއި ގުޅިގެން ގިނަ ގޮންޖެހުންޖެހުންތަކެއް ކުރިމަތިލާން ޖެހުނު ނަމަވެސް، ފުލުހުންގެ އިދާރާގެ އެކި ޑިޕާޓްމަންޓުތަކުގެ އެހީއާއި އެކު ގިނަ އަދަދެއްގެ ފުލުހުން އެ ތަހުގީގު ކާމިޔާބުކުރުމަށް ކޮށްފައިވާ ބުރަ މަސައްކަތް ބަލައިގަންނަކަމަށްވެސް މިނިސްޓަރު އިމްރާން ވިދާޅުވެފައިވެއެވެ.

މިއީ މިހާތަނަށް ރާއްޖޭގައި ހިންގުނު ޓެރަރިޒަމްގެ އެންމެ ނުރައްކާތެރި ހަމަލާކަން ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ ފުލުހުންގެ ތަހުގީގުގެ މައްޗަށް ބިނާކޮށް ކާމިޔާބުކަމާއިއެކު އެމައްސަލަ ޕްރޮސިކިއުޓް ކުރުމަށް ކުރަންޖެހޭ ހުރިހައި ކަމެއް ޕީޖީއިން ކުރާނެކަމުގެ ޔަގީންކަން ދޭކަަމަށެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން ދައުވާކުރުމަށް ހަތަރު މީހަކު ފޮނުވާފައިވާއިރު، ހަމަލާގެ ތުހުމަތު ކުރެވިގެން ތަހުގީގުތައް ހިންގަމުންދާ ޖުމްލަ 10 މީހަކު ހައްޔަރުކޮށް ތަހުގީގު ކުރަމުންދާކަމަށް ފުލުހުން މައުލޫމާތުދެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް