ads
ވެކްސިން ފައިލް ފޮޓޯ- ރޮއިޓާސް
ޗައިނާއިން އިތުރު 4 ލައްކަ ޑޯޒް ވެކްސިން ހަދިޔާކުރަނީ
ޗައިނާއިން އިތުރު ހަތަރު ލައްކަ ޑޯޒްގެ ކޮވިޑް ވެކްސިން ރާއްޖެ ހަދިޔާކުރަން ނިންމާފައިވާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޗައިނާގެ ރައީސް ޝީ ޖިން ޕިންއާއި ދެއްކެވި ވާހަކަފުޅުގައި ޗައިނާއިން ވެކްސިން ފޯރުކޮށްދޭނެކަމަށް ވިދާޅުވެފައިވާކަމަށް މިނިސްޓަރު ޝާހިދު ވަނީ ވިދާޅުވެފައެވެ.

އެހެންނަމަވެސް އެގައުމުން ފޯރުކޮށްދޭނީ ކޮން ބާވަތެއްގެ ވެކްސިންއެއް ކަމާއި، ފޯރުކޮށްދޭ ތާރީހާއި އިތުރު މައުލޫމާތު ހިއްސާކޮށްފައި ނުވާކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. 

އެހެންނަމަވެސް ރާއްޖެއަށް ވެކްސިންގެ ޑޯޒް ވީހާވެސް އަވަސް މުއްދަތެއްގައި ލިބޭނެކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ.

ޗައިނާއިން ވަނީ މީގެ ކުރިންވެސް ރާއްޖެއަށް ވެކްސިންގެ އެހީތެރިކަން ފޯރުކޮށްދީފައެވެ. މިގޮތުން ދެ ލައްކަ ޑޯޒްގެ ސިނޮފާމް ވެކްސިން ރާއްޖެ ފޯރުކޮށްދީފައިވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް