ads
ކޮވިޑް ބަލި މީހަކަށް ފަރުވާދެނި
މިއަދު 123 ކޭސް ޕޮޒިޓިވް
މިއަދު 123 މީހުން ކޮވިޑް އަށް ޕޮޒިޓިވް ވެއްޖެއެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި މާލެ ސަރަހައްދުން ބައްޔަށް ޕޮޒިޓިވްވީ 29 މީހަކާއި އަތޮޅުތެރެއިން ޕޮޒިޓިވްވި 45 މީހެއްގެ އިތުރުން ރިޒޯޓުތަކުން ޕޮޒިޓިވްވި 16 މީހަކު ހިމެނޭ ކަމަށެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 76،750 އަށް އަރާފައެވެ. އެކްޓިވް ކޭސްތަކުގެ އަދަދަކީ 2646 ކަމަށްވާއިރު އޭގެތެރެއިން 13 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.

މި ބަލިން 73،873 މީހުން ރަނގަޅުވެފައިވާއިރު، ބަލީގައި 219 މީހަކު ވަނީ މަރުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް