ads
އީރާން ފެންނުލިބިގެން ކުރާ މުޒާހަރާ
ފެނަށް ޖެހުމާ ގުޅިގެން އީރާނުގައި މުޒާހަރާ ފަށައިފި
އީރާނުގެ އަވަށެއްކަމަށްވާ ހުޒެސްތާނުގައި ފެނަށް ޖެހުމާ ގުޅިގެން ކުރަމުންދާ މުޒާހަރާގެ ބައިވެރިންނަށް އަމާޒުކޮށް ބަޑި ޖަހަންފަށައިފިއެވެ.

ފެން ނުލިބުމުގެ ދަތިކަން ކުރިމަތިވެފައިވަނީ އީރާނުގެ އެންމެ ހޫނުގަދަ އެއްސަރަހައްދަށެވެ. އެސަރަހައްދުގައި ފިނިހޫނުމިން ބައެއްފަހަރު 50 ޑިގްރީ ސެލްސިއަސް އަށް އަރައެވެ.

އދ އިންވަނީ އީރާނުން މުޒާހަރާ ރޫޅާލުމަށް މަސައްކަތް ކުރަމުންސާކަމަށް ބުނެފައެވެ. އެކަމަކު އީރާނުންއެކަން ވަނީ ދޮގު ކޮށްފައެވެ.

އެހެންނަމަވެސް މުޒާހަރާގެ ބައިވެރިން ވަނީ އީރާނުގެ ލީޑަރާ ހަމައަށް އިވޭ ވަރަށް އަޑު އުފުލާފައެވެ. އަދި މުޒާހަރާ ދަނީ އިތުރު އަވަށް ތަކަށް ފެތުރެމުންނެވެ.

ވޭތުވެދިޔަ ބައިގަރުނެއްހާ ދުވަހުގެތެރޭ އީރާނަށްއައި އެންމެ ހޫނުގަދަ ދުވަސްކޮޅާއިއެކު ފެންނުލިބުމުގެ ދަތިކަން ދިމާވުމުން މީހުންގެ ރުޅިގަދަވެ މުޒާހަރާ ކުރާތާ މިހާރު ވަނީ ހަފްތާއެއްހާ ދުވަސް ވެފައެވެ. އަދި ހަމައެހެންމެ މިދަނޑިވަޅަކީ ކޮވިޑްގެ ދުވަސްވަރަށް ވެފައި އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުވެސް އީރާނާ ދެކޮޅަށް އަޅާފައިވާ ދުވަސްވަރެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް