ads
ދުވާފަރު--
ކޮވިޑް ޖެހިގެން ހޯމް ކަރަންޓީނުގައި ހުރި މީހަކު ދުވާފަރުން މަރުވެއްޖެ
ރ. ދުވާފަރުގައި ކޮވިޑް-19 ޖެހިގެން ހޯމް ކަރަންޓީނުގައި ހުރި އުމުރުން ދުވަސްވީ މީހަކު މަރުވެއްޖެއެވެ.

ދުވާފަރު ސިއްހީ މަރުކަޒުގެ އޮފިޝަލެއް ކަމަށްވާ އާމިރު އަހުމަދު ސީއެންއެމްއަށް ވިދާޅުވީ މިއަދު އެރަށުން ކޮވިޑް ޖެހިގެން މަރުވި މީހާއަކީ، ކޮވިޑް ބަލިޖެހިގެން ހޯމް ކަރަންޓީނުގައި ހުއްޓާ މަރުވި މީހެއް ކަމަށެވެ.

މަރުވެފައިވަނީ އުމުރުން 66 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އެމީހާގެ ބަލި ހާލަތު ގޯސްވެގެން މީގެ ކުރިން ސިއްހީ މަރުކަޒަށް ރިޕޯޓުކޮށްފައި ނުވާ ކަންވެސް އާމިރު ފާހަގަކުރެއްވިއެވެ.

ސީއެންއެމްއަށް މައުލޫމާތު ލިބޭ ގޮތުގައި މިއަދު ނިޔާވި މީހާއަކީ ކޮންމެވެސް މިންވަރަކަށް ހަކުރު ބަލި ހުންނަ މީހެކެވެ. 

މިއީ ކޮވިޑް ޖެހިގެން ދުވާފަރުން މަރުވި ފުރަތަމަ މީހާއެވެ. މި މީހާގެ މަރާއެކު ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 220 އަށް އަރާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް