ads
ހއ، ދިއްދޫ
ދިއްދޫން ނަރުހުންތަކެއް ޕޮޒިޓިވްވެ، އެރަށަށް އިތުރުނަރުހުން ގެންދަނީ
ހއ. ދިއްދޫ އަތޮޅު ހޮސްޕިޓަލުގައި މަސައްކަތްކުރި ނަރުހުންތައް ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން، އެހެން ރަށްރަށުން އެ ހޮސްޕިޓަލަށް ނަރުހުން ގެންދަން ފަށައިފިއެވެ.

އަވަށްޓެރި އިންޑިއާ އިން އައި ނަރުހެއްގެ ފަރާތުން ބަލީގެ އަލާމާތް ފެނި، ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން ދިއްދޫ މޮނިޓަރިންގެ ހާލަތަށް ގެނެވުނީ މިދިޔަ ހޯމަ ދުވަހުގައިއެވެ. 

ދިއްދޫ ހޮސްޕިޓަލުގައި ގިނަ އަދަދެއްގެ ނަރުހުންތަކެއް ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، އެނަރުހުން ވަނީ ކަރަންޓީނުގައެވެ. 

އަދި މިހާތަނަށް އެރަށު ހޮސްޕިޓަލުން 3 ނަރުހެއް ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، އެމީހުންނާއި ޑައިރެކްޓު ކޮންޓެކްޓުވެގެން ޖުމްލަ 15 ނަރުހެއް މިވަގުތު ކަރަންޓީނުގައި އެބަހުއްޓެވެ.

ދިއްދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލަކީ އެއަތޮޅުގެ ގިނަ ބަޔަކު ސިއްހީ ހިދުމަތް ހޯދުމަށް އަންނަ ރަށަކަށް ވާއިރު، މިހާލަތުގައި އެރަށުގައި ސިއްހީ ފަރުވާދިނުމަށް ދިމާވެފައިވާ ގޮންޖެހުމާއިއެކު، ބަލި މީހުނަށް ފަރުވާދިނުމަށް އެއަތޮޅުގެ އެކި ރަށްރަށުން 12 ނަރުހެއް މިހާތަނަށް ގެނެވިފައިވާކަމަށް ދިއްދޫ ކައުންސިލުން ވަނީ މައުލޫމާތުދީފައެވެ.

އަދި ސިއްހީ ފަރުވާ ހޯދުމަށް ހޮސްޕިޓަލަށް އަންނަ އެންމެންނަށް އެހިދުމަތް ފުރިހަމަގޮތުގައި ފޯރުކޮށްދިނުމަށް މަސައްކަތް ކުރާކަމަށް އެރަށު ކައުންސިލުން ވަނީ ބުނެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް