ads
ފިލްމުގެ ޕޯސްޓަރު
އަކްޝޭ ކުމާރުގެ ފިލްމް "ބެލް ބޮޓްމް" ރިލީޒް ކުރާ ތާރީހް އިއުލާން ކޮށްފި
އަކްޝޭ ކުމާރް އޭނާގެ އެންމެ ފަހު ފިލްމް "ބެލް ބޮޓަމް" ރިލީޒް ކުރާ ޑޭޓް އިއުލާން ކޮށްފިއެވެ.

އަކްޝޭ އާންމު ކުރި ޓްވީޓެއްގައި ބުނެފައިވަނީ ފިލްމް ރިލީޒް ކުރާނީ އަންނަ އޮގަސްޓް މަހުގެ 19 ވަނަ ދުވަހުކަމަށެވެ. އަދި ރިލީޒް ޑޭޓްއާއިއެކު ފިލްމްގެ އެންމެ ފަހުގެ ޕޯސްޓަރުވެސް ވަނީ އާންމުކޮށްފައެވެ.

އަކްޝޭ ކުރި ޓްވީޓްގައި ބުނީ އޭނާގެ ފިލްމް ބެލް ބޮޓަމް ރިލީޒް ކުރަން އެންމެ ފުރަތަމަ ހަމަޖައްސާފައި އިނީ މިއަހަރު މޭމަހުގެ 28 ވަނަދުވަހު ނަމަވެސް ކޮވިޑްގެ ހާލަތާ ގުޅިގެން ފިލްމް ރިލީޒް ކުރުން ޖުލައި މަހުގެ 28 އަށް ލަސްކުރިއެވެ. ނަމަވެސް އެތާރީހުގައި ވެސް ފިލްމް ރިލީޒް ކުރެވޭގޮތް ނުވުމުން މިހާރު ފިލްމް ރިލީޒް ކުރަން ނިންމާފައިވަނީ އޮގަސްޓްމަހުގެ 19 ވަނަ ދުވަހުއެވެ.

މި ފިލްމް ޑައިރެކްޓް ކޮށްފައިވަނީ ރަޖިޓް އެމް ޓިވާރީއެވެ. އަދި ފިލްމް ގެ ޕްރޮޑިއުސަރުންނަކީ ވަޝޫބަގްނާނީ، ޖެކީ ބަގްނާނީ، ދިޕްޝިކާ ދޭޝްމުކް، މޮނީޝާ އަދްވާނީ، މަދޫ ބޮޖަވާނީ އަދި ނިކިލް އަދްވާނީއެވެ. މީގެއިތުރުން މި ފިލްމުގެ ތަރިންގެ ގޮތުގައި ފެނިގެންދާނީ އަކްޝޭ ކުމާރް، ވާނީ ކަޕޫރް، ލާރާ ދުއްޓާ އަދި ހުމާ ގުރައިޝްއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް