ads
ގެއްލިގެން ހޯދަމުންދާ ނައުފަލް
ނައުފަލް ގެއްލިގެން ހޯދާތާ 5 ދުވަސް: ގެއްލުނުތާ އެއްދުވަސް ފަހުން ފޯނަށް ނުގުޅޭ!
ސީއެންއެމްއަށް މައުލޫމާތު ދެމުން ގެއްލިގެން ހޯދަމުންދާ، އދ. ކުނބުރުދޫ، ފެހިގެ، އުމުރުން 26 އަހަރުގެ އަހްމަދު ނައުފަލްގެ އާއިލާގެ ފަރާތުން ބުނީ، އޭނާ އަކީ އަހްލާގު ރަނގަޅު މަޑުމައިތިރި ޒުވާނެއް ކަމަށެެވެ. ކުރިން ރިސޯޓެއްގައި މަަސައްކަތްކުރަމުންދިޔުމަށްފަހު، ނައުފަލްގެ އާއިލާގެ (މަންމަ އާއި ބައްޕަ) ގެ ކަންނެލި ދޯނީގެ ތެރެއިން އެއް ދޯނީގައި އޭނާ ކުރަމުންދިޔައީ ކަންނެލީގެ މަސްވެރިކަމެވެ.

އޭނާ ހުޅުމާލެ ފޭބި ދުވަހަކީ އާދައިގެ މަތިން އެ ދޯނީގައި އުޅެނިކޮށް ދޯނިތެރެއަށް ވެއްޓިގެން ޑޮކްޓަރަށް ދެއްކުމަށް ފޭބި ދުވަހެއް ކަމަށް އާއިލާއިން ބުނެއެވެ. ދޯނިތެރެއަށް ވެއްޓިގެން ލިބުނު އަނިޔާއަށް ފަރުވާހޯދުމަށް ނައުފަލް އެދުވަހު ދިޔައީ ޓްރީޓޮޕް ހޮސްޕިޓަލަށް ކަމަށާއި އޭގެފަހުން ހޮސްޕިޓަލުަގައި ބާއްވާފައިވާ އޭނާގެ ބޮޑުދައިތަ ކައިރިއަށްވެސް ދިޔަކަމަށް އާއިލާއިން ބުނެއެވެ. 

އެއީ މިމަހުގެ 26 ވަނަ ދުވަހެވެ. އޭގެ ފަހުން މިއަދަށް ފަސް ދުވަސް ވެގެންދިޔައިރު އާއިލާއިން ބުނީ އެދުވަހުން ފެށިގެން އާއިލާއިން އޭނާ ހޯދަމުންދާ ކަމަށެވެ. އާއިލާއިން މިހާރުވެސް ދަނީ ނައުފަލް ހޯދުމަށްޓަކައި ފުލުހުންނާއި ގުޅިގެންވެސް މަސައްކަތް ކުރަމުންނެވެ. 

ސީއެންއެމްއަށް މައުލޫމާތު ދިން އާއިލާގެ މީހާ ބުނީ މިހާރު ހޯދިފައިވާ ހޯދުންތަކަށް ބަލާއިރު، ނައުފަލް އެންމެ ފަހުން ފެނިފައިވަނީ ހުޅުމާލެ ރެޑްބުލް ކޯޓު ކައިރި އިންނަ މަގަށް ވަންނަނިކޮށް ކަމަށާއި، އޭގެފަހުން 27 ވަނަ ދުވަހު ފެށިގެން ފޯނުގެ މުވާސަލާތީ ހިދުމަތްވެސް މެދުކެނޑިފައިވާ ކަމަށް ދައްކާ ކަމަށެވެ. 

" އެންމެ ފަހުން ފެނިފައިވަނީ ހުޅުމާލެ ރެޑްބުލް ކޯޓު ކައިރި އިންނަ މަގަށް ވަންނަނިކޮށް، ދެން 27 ގެ ފަހުން އޭނާގެ ފޯނުވެސް އޮންނަނީ ނެޓްވޯކް އެންމެފަހުން ލިބިފައި އިންކަމަށް. އޮންލައިން ވި ކަމަށް އިންނަނީ. ދެން ފުލުހުންނަށްވެސް މިހާރު އަންގައިފިން. އަޅުގަނޑުމެންވެސް މަސައްކަތްކުރަމުން މިދަނީ އޭނާ ފެނޭތޯ" -އާއިލާ-

އާއިލާއިން މައުލޫމާތު ދިން ފަރާތުން ހިތާމައާއިއެކު މިމައުލޫމާތުތައް ހިއްސާކުރަމުން ބުނެފައިވަނީ، ނައުފަލް އަކީ އަހްލާގް ރަނގަޅު މަޑުމައިތިރި ޒުވާނެއް ކަމަށެވެ. އެއްވެސް މީހަކު މީގެ ކުރިން އިންޒާރުދީ އެފަދަ ކަމެއް ކޮއްފައިވާ ކަމުގެ މައުލޫމާތުވެސް ލިބިފައި ނުވާކަމަށެވެ. އަދި ދީފައިވާހެން ހީނުވާކަން ފާހަގަކުރަމުން އާއިލާއިން ބުނީ އޭނާއަކީ މީހަކާއި ތަޅާފޮޅާ މަސްތުވާތަކެތި ބޭނުންކޮށް ވެސް އުޅޭ ކުއްޖެއް ނޫންކަމަށެވެ. 

އާއިލާއިން އެދެނީ ނައުފަލްއާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބޭ މީހަކު ހުރިނަމަ ނުވަތަ ލިބިއްޖެނަމަ އާއިލާގެ ނަންބަރު 9808171އަށް، ނުވަތަ ފުލުހުންނާއި ހިއްސާކޮށްދިނުމަށެވެ. 

ނައުފަލްއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ލަސްނުކުރައްވައި އެ މައުލޫމާތެއް ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅުއްވައި ހިއްސާކޮށްދެއްވުން އެދޭކަމަށް ފުލުހުން ބުނެެއެވެ.

0%
ކަމުގޮސްފި
22%
އަޑުއެހިތާ މިހުރީ
78%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް