ads
ސްޓެލްކޯ
ކަރަންޓު ބިލު ބޮޑުވި މައްސަލަ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ބަލަނީ
އެންމެ ފަހުން މާލޭގެ ގެތަކަށް ލިބުނު ކަރަންޓް ބިލްތައް ބޮޑުވި މައްސަލަ ބަލަމުން އަންނަ ކަމަށް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ބުނެފިއެވެ.

މި ހިނގާ ޖުލައި މަހުގެ ކަރަންޓު ބިލު ބޮޑުވެގެން ގިނަ ބަޔަކު ވަނީ އެ ވާހަކަ މީސް މީޑިއާގައި ހިއްސާކޮށްފައެވެ. މާލެ ސިޓީ މޭޔަރު ވެސް ވަނީ މިމަހުގެ ކަރަންޓް ބިލަކީ މާލޭ ގިނަ ރައްޔިތުންނަށް ދެއްކޭ ވަރަށް ވުރެ ބޮޑު ބިލެއް ކަމަށް ވިދާޅުވެފައެވެ.

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން މިއަދު ބުނީ ޖުލައި މަހުގެ ބިލް އާދަޔާ ޚިލާފަށް ބޮޑުވެފައިވާ ކަމުގެ ޝަކުވާ މީސްމީޑިއާގެ ޒަރީއާއިންނާއި އެކިގޮތްގޮތުން ސްޓެލްކޯގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ. ނަމަވެސް ރަސްމީ ކޮށް އެއްވެސް ފަރާތަކުން އެ މައްސަލަ އެ އޮތޯރިޓީއަށް ހުށަހަޅާފައިނުވާ ކަން ފާހަގަކުރެއްވިއެވެ.

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ބުނީ ރަސްމީކޮށް ހުށަހެޅިފައި ނެތް ނަމަވެސް ކަރަންޓު ބިލު ބޮޑުވި މައްސަލަ ބަލަމުންދާ ކަމަށެވެ.

ބިލު ބޮޑުވުމާ ގުޅިގެން މީގެ ކުރިން ސްޓެލްކޯގެ ޖެނެރަލް މެނޭޖަރު ހުސައިން ފަހުމީ ސީއެންއެމްއަށް ވިދާޅުވީ ކުރީ މަސްމަހާ ޚިލާފަށް މިމަހުގެ ކަރަންޓުބިލުގައި ސަބްސިޑީޒް ހިމެނިފައި ނުވާނެކަމަށާއި، އެހެން ވުމުގެ ސަބަބުން ބިލް ބޮޑުހެން ހީވެދާނެ ކަމަށެވެ. އެކުންފުނީގެ ސްޓެޓިސްޓިކުން އާދަޔާ ޚިލާފްކަމެއް ފާހަގަ ކުރެވިފައި ނުވާކަމަށްވެސް ވިދާޅުވިއެވެ.

ބިލު ބޮޑުވި ދެވަނަސަބަބެއްގެ ގޮތުގައި ފަހުމީ ފާހަގަކުރެއްވީ އިންސްޓޯލްމެންޓަށް ކުރިން އެދިފައިވާ ފަރާތްތަކުގެ އިންސްޓޯލްމެންޓް ޕޭމަންޓް ބިލުގައި ހިމެނިފައި ވުމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް