ads
ޖިއާ ޚާން
8 އަހަރަށް ފަހު ބަތަލާ ޖިއާ ޚާންގެ މަރުގެ މައްސަލަ ސްޕެޝިއަލް ސީބީއައިއަށް!
ބޮލީވުޑްގެ ކުރީގެ ބަތަލާ ޖިއާ ޚާންގެ މަރުގެ މައްސަލަ 8 އަހަރަށް ފަހު ސީބީއައިގެ ހާއްސަ ޓީމަކުން ބަލަން ފަށާފައެވެ.

ޖިއާ މަރުވެފައި އޮއްވާ ފެނިފައިވަނީ 3 ޖޫން 2013 ވަނަ ދުވަހު މުންބާއީގައި އޭނާ ދިރިއުޅޭ އެޕާޓްމެންޓުގައި ދަންޖެހިފައި ހުއްޓައެވެ. މި މައްސަލައިގައި ޖިއާގެ ލޯބިވެރިޔާ، އެކްޓަރު ސޫރަޖު ޕަންޗޯލީ ވަނީ މީގެ ކުރިން ހައްޔަރުމަށްފަހު ދޫކޮށްލެވިފައެވެ. 

 ޖިއާގެ މަރުގެ މައްސަލައިގައި އޭނާގެ ލޯބިވެރިޔާ އަށް ވަނީ މީހަކު އަމިއްލައަށް މަރުވުމަށް ހިތްވަރު ދިންކަމުގެ ތުހުމަތު ކުރެވިފައެވެ. ޖިއާ މަރު ވުމުގެ ކުރިން ލިޔެފައިވާ ހަ ސަފްހާގެ ސިޓީއެއް ޖިއާގެ ދައްތަ ވަނީ ފުލުހުންނާއި ހިއްސާކޮށް ފައެވެ. މި ސިޓީގައި ޖިއާ އަމިއްލައަށް މަރުވާން ބޭނުންވި ސަބަބު ހާމަކޮށްފައިވެއެވެ. 

މި ސިޓީގައި ސޫރަޖުގެ ނަން އައިސްފައިވުމުން ސޫރަޖު ވަނީ ހަމަ އެއަހަރުގެ ޖޫން މަހުގެ 10 ވަނަ ދުވަހު ހައްޔަރުކޮށްފައެވެ. އެހެން ނަމަވެސް ބޮންބޭ ހައިކޯޓުން ވަނީ އެ އަހަރުގެ ޖުލައި ދެ ވަނަ ދުވަހު ބެއިލްގެ ދަށުން ސޫރަޖް ދޫކޮށްލާފައެވެ.

your imageޖިއާ އާއި ސޫރަޖު

ޖިއާ މަރުވުމުގެ ކުރިން ލިޔެފައިވާ ސިޓީގައި ސޫރަޖު އާއި ދެމީހުން ދޭތެރޭގައި ޖެހުނު މައަސްލައެއް ވެސް ވަނީ ހާމަކޮއްފައެވެ. 

މީގެ އިތުރުން ޖިއާ މަރުވެފައި ހުއްޓާ ފެނުނު އިރު އޭނާގެ ގައިގައި ބާރަށް މީހަކު ހިފާފަ ހުރި ކަހަލަ ނިޝާންތަކެއްވެސް ޖިއާގެ ހަށިގަނޑުން ފެނިފައިވާކަމަށާއި އަދި އޭނާ މަރުވުމުގެ ކުރިން ލައިގެން ހުރި ޓްރެކްސޫޓް ނުފެނުން ފަދަ ވާހަކަތަކެއްވެސް ވަނީ މީގެ ކުރިން ފެންމަތިވެގެން ގޮސްފައެވެ. 

މީގެ ކުރިން އިންޑިއާ ޓުޑޭ އަށް ސޫރަޖު ދީފައިވާ އިންޓަވިއު އެއްގައި ބުނެފައިވަނީ މި މައްސަލައިގައި އޭނާ ކޯޓަށް ދާތާ 8 އަހަރު ވެއްޖެކަމަށާއި، ދެ ފަހަރަށް ފުލުހުންގެ ތަހުގީގަށް ހާޒިރު ކޮށްފައިވާކަމަށެވެ. 

ޖިއާގެ މަންމަ ރާބިއާ ޚާން ކޯޓަށް ހާޒިރުވުމަށް އިންޑިއާ އައުމުގެ ބަދަލުގައި ލަންޑަނުގައި ހުރެގެން އިންޓަވިއުދީގެން ޖިއާ އަށް އިންސާފު ހޯދައިނުދެވޭނެކަމަށެވެ. 

އެހެން ނަމަވެސް ޖިއާގެ މަންމަ ރާބިއާ ވަނީ ޖިއާ އަށް އިންސާފު ހޯދައިދޭން މި މައްސަލަ ސީބީއައި އިން ބަލައިދިނުމަށް އެދި ބޮމްބޭގެ ހައިކޯޓަށް ހުށަހަޅާފައެވެ. އަދި މިހާރު މި މައްސަލަ ވަނީ ސީބީއައިގެ ހާއްސަ ޓީމަކުން ބަލަން ފަށާފައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް