ads
އެކްސިޑެންޓު ހިނގި ސަރަހައްދު ފޮޓޯ:-- އެމްވީ.ކްރައިސިސް
އައިޖީއެމްއެޗް ސަރަހައްދުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
އައިޖީއެމްއެޗް ކެންޓީން ސަރަހައްދުން ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް، އެސަރަހައްދުގައި ހުރި ރުކެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

މަންޒަރުދުށް ފަރާތްތަކުން މައުލޫމާތު ދޭ ގޮތުގައި އެކްސިޑެންޓު ހިނގާފައިވަނީ ކާރު އޯވަޓޭކް ކުރަން އުޅުމުގެ ތެރޭގައި ކޮންޓްރޯލުން ނެއްޓި މަގުގެ އެއްފަރާތުގައި ހުރި ރުކެއްގައި ޖެހިގެންނެވެ.

މިއަދު ހެނދު ހިނގި މި ހާދިސާގައި ކާރުގެ ކުރީކޮޅެއް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ނަމަވެސް މި ހާދިސާގައި އެއްވެސް މީހަކަ އަނިޔާއެއް ލިބިފައެއް ނުވެއެވެ. 

ފުލުހުން ވިދާޅުވި ގޮތުގައި މި ހާދިސާ ހިނގިއިރު ކާރު ދުއްވަން އިނީ އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ނެތް 21 އަހަރުގެ ފިރިހެނެކެވެ. 

މި މައްސަލައާ ގުޅިގެން އެކްސިޑެންޓްވި ކާރު ޓޯކުރެވިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއްވަފައެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް