ads
ޖާބިރު
މެމްބަރު ޖާބިރުގެ ޕާސްޕޯޓު ހިފަހައްޓައިފި
ކާށިދޫ ދާއިރާގެ މަޖިލިސް މެމްބަރު، އަބްދުﷲ ޖާބިރުގެ ޕާސްޕޯޓު ހިފަހައްޓައިފި އެވެ.

ޖާބިރުގެ ޕާސްޕޯޓު ހިފަހައްޓާފައިވަނީ މީގެ ހަފްތާއެއްހާ ދުވަސް ކުރިންނެވެ. އެނގިފައިވާ ގޮތުގައި ޕާސްޕޯޓު ހިފަހައްޓާފައިވަނިކޮށް ޖާބިރު ބޭރަށް ފުރަން އުޅުމުން ކަމާބެހޭ އިދާރާތަކުން ވަނީ އެކަން ހުއްޓުވައިފައެވެ.

އިމިގްރޭޝަނުން ވަނީ ޖާބިރުގެ ޕާސްޕޯޓު ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާފައިވާކަން ކަށަވަރުކޮށްދެއްވާފައެވެ. 

ޕާސްޕޯޓު ހިފަހެއްޓި ވަކި ސަބަބެއް އިމިގްރޭޝަނުން ހާމަކުރައްވާފައެއް ނުވެއެވެ. 

  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް