ads
ބޮންޑޭ
އަސާސީ ހިދުމަތްތައް މެދުކަނޑާލުމަކީ ނިއުނޯމަލްއަށް ގެނައުމެއްނޫން: ބޮންޑޭ
މީހަކު ޕޮޒިޓިވް ވާއިރަށް އަސާސީ ހިދުމަތް މެދުކަނޑާލުމަކީ ނިއުނޯމަލް ވުމެއް ނޫންކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑާ) ވިދާޅުވެއްޖެއެވެ.

ބޮންޑޭ މިހެންވިދާޅުވީ ހުޅުމާލޭގައި ހިޔާ މަޝްރޫއުގެ ދަށުން ހަދާފައިވާ ފްލެޓްތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރުން މިއަދު ވަގުތީ ގޮތުން މެދުކަނޑާލައިފައި ވަނިކޮށެވެ. އެޗްޑީސީން މިއަދު ބުނެފައިވަނީ އެއްބަސްވުންތަކުގައި ސޮއިކުރުން މެދުކަނޑާލާފައި ވަނީ އެ މަސައްކަތުގައި އުޅުނު އެއިދާރާގެ މުވައްޒަަފަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން ކަމަށެވެ. މިކަމާއި ގުޅިގެން މިއަދު ހެނދުނު 10:00 ގައި ފަށަން ތާވަލުކޮށްފައިވާ އެއްބަސްވުންތަކުގައި ސޮއިކުރުން ވަނީ ކެންސަލް ކޮށްފަ އެވެ. 

ބޮންޑޭ ވިދާޅުވީ ކޮވިޑަށް ޕޮޒިޓިވް ވެގެން ފްލެޓް ހަވާލުކުރުން މެދުކަނޑާލުން، ކާޑު ގުދަނުގެ މުވައްޒަފަކު ޕޮޒިޓިވް ވެގެން ކާޑު ދޫކުރުން ހުއްޓާލުން ، ފެން ކުންފުނީގެ މުވައްޒަފަކު ޕޮޒިޓިވް ވެގެން ފެނުގެ ހިދުމަތް މެދު ކަނޑާލުމަކީ ރާއްޖެ ނިއު ނޯމަލް އަކަށް ގެނައުމެއް ނޫންކަމަށެވެ. 

ބޮންޑޭ މިހެން ވިދާޅުވެފައިވާއިރު ރޭ ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ކޮވިޑް-19 ގެ ރާއްޖޭގެ ހާލަތު "ނިއު ނޯމަލް" ހާލަތަށް ގެނައުމަށް ކުރެވޭ މަސައްކަތުގައި ކުރިއެރުންތަކެއް ހޯދިފައިވާކަމުގައި ވިދާޅުވެފައިވެ. 

އިއްޔެ މެންދުރު ފަހު ބޭއްވި ކެބިނެޓުގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ ކޮވިޑް-19 ގެ ހާލަތު ނިއު ނޯމަލް ހާލަތަށް ގެނައުމަށް މިހާރު ކުރިއެރުންތަކެއް ހޯދިފައިވާކަމަށާއި މިހާރު އެންމެ މުހިންމީ ވެކްސިންޖެހޭ އާބާދީގެ ހުރިހާ ފަރާތްތަކުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރެއްވުން ކަމަށެވެ.

ވެކްސިން ޖެހޭ އާބާދީގެ ހުރިހާ ފަރާތްތަކުން ވެކްސިންޖަހައި ނިންމުމަށް ބާރުއަޅައި ސަރުކާރުގެ ވުޒާރާތަކާއި އެކި އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަދި އަމިއްލަ ކުންފުނިތަކުންވެސް މަސައްކަތްކޮށްދެއްވުމަށް ރައީސް ސޯލިހު އެދިވަޑައިގަންނަވާފައިވާކަމަށް ރައީސް އޮފީހުން ބުނެ އެވެ.

މި ބައްދަލުކުރެއްވުމުގައި ކެބިނެޓުގެ ވަޒީރުން ވަނީ ކޮވިޑް-19 އިން އަރައިގަތުމަށް ސަރުކާރާއި ކަމާބެހޭ ފަރާތްތައް ގުޅިގެން ކުރެވޭ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާކުރައްވާ ފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް