ads
މަބްރޫކް އަޒީޒް--
ރާއްޖެ ނިއުނޯމަލްއަށް ގެނެވިފައިވާ ކަމަށް ރައީސް ވިދާޅެއްނުވޭ: މަބްރޫކް
ކޮވިޑް-19 ގެ ރާއްޖޭގެ ހާލަތު "ނިއު ނޯމަލް" ހާލަތަށް ގެނައުމަށް ކުރެވޭ މަސައްކަތުގައި ރާއްޖޭގެ ކޮވިޑް-19 ގެ ހާލަތު "ނިއު ނޯމަލް ހާލަތަށް ގެނެވިއްޖެ" ކަމަށް ރައީސް ސޯލިހު ވިދާޅުވެފައި ނުވާކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވެއްޖެއެވެ.

ބައެއް މީޑިއާތަކުގައި އެފަދަ މޭރުމަކުން ހަބަރުތައް ފެތުރިފައިވާތީ ސީއެންއެމް އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މަބްރޫކް ވިދާޅުވީ "ގިނަ ކުރިއެރުންތަކެއް ލިބުނު ކަމަށް" ރައީސް ވިދާޅުވެފައިވާ ކަމަށެވެ.

އިއްޔެ މެންދުރުފަހު ބޭއްވި ކެބިނެޓުގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ ކޮވިޑް-19 ގެ ހާލަތު ނިއު ނޯމަލް ހާލަތަށް ގެނައުމަށް މިހާރު ކުރިއެރުންތަކެއް ހޯދިފައިވާކަމަށާއި މިހާރު އެންމެ މުހިންމީ ވެކްސިންޖެހޭ އާބާދީގެ ހުރިހާ ފަރާތްތަކުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރެއްވުން ކަމަށެވެ.

ވެކްސިން ޖެހޭ އާބާދީގެ ހުރިހާ ފަރާތްތަކުން ވެކްސިން ޖަހައި ނިންމުމަށް ބާރުއަޅައި ސަރުކާރުގެ ވުޒާރާތަކާއި އެކި އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަދި އަމިއްލަ ކުންފުނިތަކުންވެސް މަސައްކަތްކޮށް ދެއްވުމަށް ރައީސް ސޯލިހު އެދިވަޑައިގަންނަވާފައިވާކަމަށް ރައީސް އޮފީހުން ބުނެ އެވެ.

މި ބައްދަލުކުރެއްވުމުގައި ކެބިނެޓުގެ ވަޒީރުން ވަނީ ކޮވިޑް-19 އިން އަރައިގަތުމަށް ސަރުކާރާއި ކަމާބެހޭ ފަރާތްތައް ގުޅިގެން ކުރެވޭ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. 

އަދި ކޮވިޑް-19 ގެ ވެކްސިން ޖެހޭ ހުރިހާ ފަރާތްތަކަށް ވެކްސިން ދިނުމުގައި އެހީތެރިކަން ފޯރުކޮށްދީ އެކަމަށް ބާރުއެޅުމުގެ ގޮތުން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުންވެސް ވަޒީރުގެ މަޖިލީހުގެ އިއްޔެ ޖަލްސާގައި މަޝްވަރާކުރެއްވިއެވެ.

މި މަހުގެ އެއް ވަނަ ދުވަހުގެ ނިޔަލަށް ކޮވިޑް-19ގެ ވެކްސިންގެ ދެވަނަ ޑޯޒް 271،552 މީހަކު ފުރިހަމަކޮށްފައިވާއިރު އަދި ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައި ވަނީ 323568 މީހުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް