ads
ރޭންޑަމް ސާމްޕަލް ނަގަނީ
އަތޮޅުތަކުން ޕޮޒިޓިވްވީ މީހުންގެ އަދަދު އިތުރުވެއްޖެ
ފާއިތުވި 24 ގަޑިއިރު، ރާއްޖޭގެ އަތޮޅުތަކުން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު އިތުރުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިއަދު ރާއްޖެއިން ޓެސްޓު ކުރެވުނު 4،996 ސާމްޕަތަކުގެ ތެރެއިން 2،181 ސާމްޕަލްތަކަކީ މާލެ ސަރަހައްދުން ނެގުނު ސާމްޕަލެވެ. 

މާލޭ ސަރަހައްދުން ނެގުނު ސާޕްތަކުގެ ތެރެއިން ޕޮޒިޓިވްވީ 23 މީހުންނެވެ. އަތޮޅުތަކުން އަތޮޅުތަކުން ނެގުނު ސާމްޕަލްތަކުގެ ތެރެއިން ޕޮޒިޓިވްވީ 100 މީހުންނެވެ. އަދި ރިސޯޓްތަކުން މިއަދު 14 މީހަކު ޕޮޒިޓިވްވެފައިވެއެވެ. 

ފަހަކަށް އައިސް އަތޮޅުތަކުން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. އެގޮތުން އިއްޔެ ވެސް އަތޮޅުތެރެއިން ޕޮޒިޓިވްވެފައިވަނީ 91 މީހުންނެވެ.

އެއާއެކު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 77،895 އަރާގަފައެވެ. މިހާތަނަށް 75،095 މީހަކު މިބަލިން ރަނގަޅުވެފައިވާއިރު މިވަގުތު ވެސް ބަލި ޖެހިފައި ތިބި 2،566 މީހުން ރާއްޖޭގައި އެބަތިއްބެވެ. 

 މިހާތަނަށް ރާއްޖެއިން 222 މީހަކު މިބަލީގައި މަރުވެފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް