ads
ހެނބަދޫ ގޮނޑުދޮށް ސަރަހައްދު ފޮޓޯ:-- އެމްޓީސީސީ
ހެނބަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ނިމިއްޖެ
ނ. ހެނބަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ގެ މަސައްކަތް ނިންމާލައިފި އެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާއި ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫއުގެ ދަށުން 25 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖަހާފައިވެއެވެ. އަދި 235 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖަހާފައިވެއެވެ. 

ގޮނޑުދޮަށް ސަރަހައްދު ކޮނެ އެއްވަރު ކުރުމުގެ މަސައްކަތް ވެސް ވަނީ ކުރެވިފައެވެ. މިކަމަށް 5،000 ކިއުބިކް މީޓަރުގެ ވެލި ވަނީ ބޭނުންކޮށްފައެވެ.

235 މީޓަރުގެ ސަރަހައްދެއްގައި ޖިއޯޓެކްސްޓައިލްވެސް ޖަހާފައި ވެއެވެ.

5 މިލިއަން ރުފިޔާގެ އަގަކަށް އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫއުގެ އަމަލީ މަސައްކަތް އެކުންފުނިން ފަށާފައިވަނީ މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް