ads
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު-- ފޮޓޯ: އެމްއޭސީއެލް
އަނެއްކާ ވެސް ރިކޯޑު އަދަދަކަށް ރަންވޭ ބޭނުންކޮށްފި
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި އެއާކްރާފްޓް މޫވްމަންޓް އިތުރުވުމާއި ގުޅިގެން އިއްޔެ ރިކޯޑެއް ހަދައިފި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި އެއާކްރާފްޓް މޫވްމަންޓް އިތުރުވުމާއި ގުޅިގެން އިއްޔެ ރިކޯޑެއް ހަދައިފި އެވެ.

އެ ކުންފުނިން ކުރި ޓްވީޓެއްގައި ބުނީ އިއްޔެ އެއާޕޯޓުގައި ޖުމްލަ 811 ފްލައިޓް މޫވްމަންޓް ރިކޯޑް ކުރެވިފައިވާ ކަމަށެވެ. އެއީ 252 ރަންވޭ މޫވްމެންޓާއި 559 ސީޕްލޭން މޫވްމެންޓެވެ. މިއީ މިއަހަރު ހެދި ފުރަތަމަ ރެކޯޑެވެ.

އެމްއޭސީއެލްއިން ވަނީ އެއާކްރާފްޓް މޫވްމަންޓް އިތުރުވުމާ ގުޅިގެން މިދޔަ ޑިސެމްބަރު މަހުގެ ތެރޭގައި ދެ ފަހަރަށް ރިކޯޑު ހަދާފަ އެވެ. އެގޮތުން އެމަހުގެ 23 ވަނަ ދުވަހު އެއާޕޯޓުގައި ޖުމްލަ 239 ފްލައިޓް މޫވްމަންޓް ރިކޯޑް ކުރެވިފައިވާ ކަމަށް އެމްއޭސީއެލް އިން ބުނެ އެވެ. އެއީ ބައިނަލްއަގްވާމީ 101 ފްލައިޓާއި، އެތެރޭގެ 121 ފްލައިޓާއި، އެޑް ހޮކް ނުވަތަ ޝެޑިއުލް ނޫން 17 ފްލައިޓެވެ.

އެ މަހުގެ އެއްވަނަ ދުވަހު ވެސް ވީއައިއޭގައި ވަނީ އެއާކްރާފްޓް މޫވްމަންޓް ރިކޯޑް މިންވަރަކަށް އިތުރުވެފަ އެވެ. އެ ފަހަރު ޖުމްލަ 226 ފްލައިޓް މޫވްމަންޓް ރިކޯޑް ކުރި އެވެ. އެއީ ބައިނަލްއަގުވާމީ 102 ފްލައިޓާއި ޑޮމެސްޓިކް 121 ފްލައިޓު އަދި އެޑްހޮކް ނުވަތަ ޝެޑިއުލް ނޫން ތިން ފްލައިޓެވެ.

އެމްއޭސީއެލްއިން ވަނީ މި ދުވަސްވަރަކީ ވީއައިއޭ ޑިޕާޗާ އަށް ބާރުބޮޑު ދުވަސްވަރެއް ކަމުން ފަސިންޖަރުންނަށް އެއްވެސް މައްސަލައެއް ކުރިމަތި ނުވާނެހެން ދަތުރަށް ފުރުމުގެ ކަންކަން ހަމަޖެއްސުމަށްޓަކައި ފުރަން ހަމަޖެހިފައިވާ ވަގުތުގެ ތިން ގަޑިއިރު ކުރިން އެއާޕޯޓަށް ދިޔުމަށް އެދިފަ އެވެ.

މިދުވަސްކޮޅު ފްލައިޓްތައް ޑިލޭވުމުގެ މައްސަލައާ ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން އަންނަ އިރު އެމްއޭސީއެލް އިން ބުނީ ފްލައިޓު ޑިލޭވުމުގެ މައްސަލަ ދިމާވަނީ އެންމެ ރަންވޭއެއް ބޭނުންކުރާތީ ކަމަށެވެ.

ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވުމާއެކު ވީއައިއޭގެ ޓްރެފިކަށް ލުއިކުރުމުގެ ގޮތުން އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއެއް ދަނީ ކުރިއަށެވެ. އޭގެ ދަށުން އާ ރަންވޭއެއް ހަދާފައި ވާއިރު، ޕެސިންޖާ ޓާމިނަލެއްގެ މަސައްކަތް ދަނީ ކުރިއަށެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް