ads
ފްލެޓް ލިބިފައިވާ ފަރާތްތަކުން ޝުއޫރު ފާޅުކުރި ހިނގާލުމުގެ ތެރެއިން
ކުލި ކުޑަކޮށްދޭން އެދުނު އެދުމަށް ޖަވާބެއް ނުދޭތީ ފްލެޓް ލިބުނު މީހުން މުޒާހަރާކޮށްފި
ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކޮށްދޭން ގޮވާލާ ފްލެޓް ލިބުނު މީހުން ފޭސް ދޭއް ސަރަހައްދުގައި މުޒާހަރާކޮށްފި އެވެ.

މި މުޒާހަރާއަކީ ހިޔާ ފުލެޓު ލިބުނު ފަރާތްތަކުގެ ކަންބޮޑުވުންތަކަށް ސަރުކާރުގެ ފަރާތުން އެއްވެސް ޖަވާބެއް ދީފައިނުވާތީ ފުލެޓު ލިބުނު ފަރާތްތަކުން  ހިމެނޭ ހިޔާ ޔޫނިއަންގެ ޓީމުން އިސްވެ އޮވެ ހިންގި ހަރަކާތެކެވެ.  

"ފުރަތަމަ ނުކުތުން" ގެ ނަމުގައި ކުރިއަށްގެންދިޔަ މި ހަރަކާތް އޮތީ މިއަދު ހަވީރު ފޭސް ދޭއްގެ ޓަވަރު 8 އަދި ޓަވަރު 12 ދެމެދަށްވާ ގޮތަށް އޮންނަ މަގުގައެވެ.

ފެހި އަދި ހުދު ކުލައިގެ ބެނާ ތަކާއި ޝުއޫރުތައް ލިޔެފައިވާ ބޯޑުތައް ހިފައިގެން ބޭއްވި އެ މުޒާހަރާއަކީ ސުލުހަވެރި ހިނގާލުމެއް ކަމަށް އެފަރާތްތަކުން ބުނެއެވެ. 

ފްލެޓް ލިބުނު ފަރާތްތަކުން ކުރިއަށް ގެންދިޔަ އެ ހިނގާލުމަކީ ޔޫނިއަންގެ ފަރާތުން މިދިޔަ ޖޫން އެއްވަނަ ދުވަހު ސަރުކާރަށް ހުށަހެޅި ޕެޓިޝަން އަށް މިހާތަނަށް ދައުލަތުގެ އެއްވެސް ވުޒާރާއަކުން އެއްވެސް ކަހަލަ ޖަވާބެއް ދީފައެއް ނުވުމުން އެކަމަށް ހައްލު ހޯދާ ސަރުކާރަށް އެ ފަރާތްތަކުގެ ކަންބޮޑުވުން އިއްވުމަށް ބޭއްވި ހިނގާލުމެކެވެ.

ހިޔާ ޔޫނިއަންގެ ފަރާތުން ސަރުކާރަށް ހުށަހެޅި ޕެޓިޝަނުގައި އެދިފައިވަނީ، މިހާރު ނަގާ 8،500 ރުފިޔާގެ ކުލި 5،600 ރުފިޔާއަށް ކުޑަކޮށް ދިނުމަށާއި، ފިނިޝިން އަށް ދޭ ގްރޭސް ޕީރިއަޑްގެ މުއްދަތު 12 މަސް ދުވަހަށް އިތުރުކޮށްދިނުމުގެ އިތުރުން ކޮންމެ ޔުނިޓެއްގެ އިންޓީރިއާ ފިނިޝިން އަށް ޖެހޭ އަގުގެ ޖުމްލަ އަގުން، އެއްލައްކަ ރުފިޔާ މާފުކޮށްދިނުމަށެވެ.

 އެހެންނަމަވެސް މިހާތަނަށް އެކަމަށް ސަރުކާރުގެ ފަރާތުން ސާފުޖަވާބެއް ދީފައިނުވާކަމަށް އެ ފަރާތްތަކުން ބުނެއެވެ.

މިފަހުން ހައުސިން މިނިސްޓްރީއާއި އެޗްޑީސީ އަދި ރައީސް އޮފީހުގެ ބައެެއް ބޭފުޅުން ހިޔާ ޔޫނިއަންއާއި ބައްދަލުކޮށް ފްލެޓްތަކުގެ އަގު ކުޑަކޮށްދޭނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަަށް އޭރު އެ ޔޫނިއަންއިން ބުނެފައިވެެއެވެ.

ނަމަވެސް މިހާތަނަށް ފްލެޓްތަކުގެ ކުލި ކުޑަކޮށްދީފައެއް ނުވެއެވެ.

60%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް