ads
ސޯނަމް އާއި އޭނާގެ ފިރިމީހާ އަދި ރިއާ އާއި އޭނާގެ ލޯބިވެރިޔާ--
އާއިލާއާއެކު ސޯނަމް ކަޕޫރު ރާއްޖެ އަތުވެއްޖެ
ބޮލީވުޑުގެ މަޝްހޫރު ބަތަލު ސޯނަމް ކަޕޫރާއި އޭނާގެ ފިރިމީހާ އަނަންދު އަހޫޖާ އަދި ސޯނަމްގެ ކޮއްކޮ ރިއާ، އާއި އޭނާގެ ލޯބިވެރިޔާ ކަރަން ބޫލަނީ، ރާއްޖެ އަތުވެއްޖެ އެވެ.
ބޮލީވުޑުގެ މަޝްހޫރު ބަތަލު ސޯނަމް ކަޕޫރާއި އޭނާގެ ފިރިމީހާ އަނަންދު އަހޫޖާ އަދި ސޯނަމްގެ ކޮއްކޮ ރިއާ، އާއި އޭނާގެ ލޯބިވެރިޔާ ކަރަން ބޫލަނީ، ރާއްޖެ އަތުވެއްޖެ އެވެ.

ސޯނަމް އާއި ރިއާއަކީ އަށްޑިހައިގެ އަހަރުތަކުގައި ބޮލީވުޑުގައި ވިދާލި، އަނިލް ކަޕޫރުގެ ތިން ދަރިންގެ ތެރެއިން ދެ ދަރިންނެވެ.

އިއްޔެގެ ވަގުތެއްގައި އެމީހުން ރާއްޖެ އައިސްފައި ވާއިރު އެމީހުން ޗުއްޓީ ހޭދަކުރަމުން އަންނަނީ ބ. އަތޮޅުގައި އޮންނަ ސޮނެވާފުށީގަ އެވެ. ރާއްޖޭގައި އެމީހުން ހޭދަކުރަން ނިންމާފައި ވަނީ ކިހާ ދުވަހެއްކަން ސާފެއް ނުވެއެވެ.

ކަރަންއަކީ އިންޑިއާގެ ވިޔަފާރިވެރިއެއްގެ ދަރިއެކެވެ. ސޯނަމްގެ ފިރިމީހާ އަނަންދަކީ ވެސް ވިޔަފާރިވެރި އެކެވެ.

އިއްޔެ ކަރަންގެ އުފަން ދުވަސް ވެސް ރާއްޖޭގައި ފާހަގަކޮށްފައި ވާއިރު ރިއާ އާއި ކަރަން ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ މިހާރު 11 އަހަރަށްވުރެ ދުވަސް ވެއްޖެ އެވެ.


ސޯނަމް އާއި އަނަންދު އަދި ރިއާ އާއި އޭނާގެ ލޯބިވެރިޔާ ވެސް ވަނީ ރާއްޖޭގައި އެމީހުން ތިބިކަން އެނގޭނެ ގޮތަށް ސޯޝަލް މީޑިއާއަށް ފޮޓޯތައް ހިއްސާކޮށްފައެވެ.


ނީރްޖާ އާއި ސަންޖޫ އަދި ޕްރެމް ރަތަން ދަންޕާޔޯގެ އިތުރުން ވީރޭ ދި ވެޑިން ފަދަ ކާމިޔާބު ފިލްމުތަކުން ފެނިގެން ދިޔަ ސޯނަމްގެ ކުރިއަށް އޮތް ފިލްމަކީ "ދަ ޒޯޔާ ފެކްޓާ" އެވެ. އެ ފިލްމުގައި އޭނާ ފެނިގެންދާނީ ދުލްގަރު ސަލްމާންއާއެކު އެވެ.
100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް