ads
އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން- ފޮޓޯ: ރޮއިޓާސް
ތާލިބާން އަކީ އަފްގާން ސަރުކާރުކަމަށް ބަލައިގަނެން ނުވާނެ: އިނގިރޭސި ވިލާތް
ލަންޑަން، އޮގަސްޓް 15(ރޮއިޓާސް) ތާލިބާން އަކީ އަފްގާނިސްތާންގެ ސަރުކާރުކަމަށް ބަލައިގަނެން ނުވާނެ ކަމަށް އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ވިދާޅުވެއްޖެ އެވެ.

އާދީއްތަ ދުވަހު ބޮޑުވަޒީރު ޖޯންސަން ވިދާޅުވީ އެއްވެސް ބަޔަކު އަފްގާން ސަރުކާރަކީ ތާލިބާނުން ކަމަށް ބަލައިގަނެގެން ނުވާނެ ކަމަށެވެ. އަފްގާންގައި ހިންގުމާއި ތާލިބާނުން ވަރަށް އަވަހަށް ހަވާލުވާނެ ކަމަށް  ޖޯންސަން ވަނީ ފާހަގަކޮށްފައެވެ. 

"އަހަރުމެން ބޭނުމެއް ނޫން އެއްވެސް ބަޔަކު ތާލިބާނުން ބަލައިގަންނާކަށް." އިންޓަވިއު ކްލިޕެއްގައި ޖޯންސަން ވިދާޅުވިއެވެ. ޖޯންސަން ވަނީ ހުޅަނގުގެ ގައުމުތަކުން އަފްގާނިސްތާނާއި ގުޅޭ މަސައްކަތްތައް އދ. އަދި ނޭޓޯފަދަ އޯގަނައިޒޭޝަން މެދުވެރިކޮށް ކުރުމަށް ގޮވާލާފައެވެ.   

އަފްގާނިސްތާނަކީ ޓެރަރިސްޓުން އުފައްދާ ތަނަކަށް ނުހެދުމަށް ބޭނުންވާ ވިސްނުމުގެ އެންމެން އެކީ މަސައްކަތް ކުރުމަށް ޖޯންސަން ވަނީ ގޮވާލަައްވާފައެވެ. 

ތާލިބާނުން އަފްގާނިސްތާންގެ ކޮންޓްރޯލް ނަގާފައިވާއިރު އަފްގާނިސްތާންގެ އިންޓީރިއާ މިނިސްޓްރީގެ އިސް އޮފިޝަލަކާއި ހަވާލާދީ ރޮއިޓާސް އިން ރިޕޯޓްކުރާ ގޮތުގައި އަފްގާން ރައީސް ގަނީ ވަނީ ކަބުލް ދޫކޮށް ތަޖިކިސްތާނަށް ފިއްލަވާފައެވެ.

ތާލިބާނުންގެ ކޮމާންޑަރުންނާއި ހަވާލާދީ ބޭރުގެ ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި މިވަގުތު ތާލިބާނުންގެ ހަނގުރާމަވެރިން ވަނީ ވަނީ އަފްގާނިސްތާނުގެ ރިޔާސީ ގަނޑުވަރަށް ވަދެ އެތަނުގެ ކޮންޓްރޯލް ނަގާފައެވެ.  

ތާލިބާނުން އަފްގާނިސްތާންގެ ރިޔާސީ ގަނޑުވަރު ހިފާފައިވާއިރު ގައުމުތަކުން އަންނަނީ އަފްގާނިސްތާންގައި ހުންނަ އެގައުމުތަކުގެ އެމްބަސީތައް ބަންދުކޮށް އެތަންތަނުގެ މުވައްޒަފުން ރައްކާތެރިކަމާއެކު އަފްގާނިސްތާނުން ބޭރުކުރުމުގެ މަސައްކަތް ކުރަމުންނެވެ. 

އެގޮތުން އެމެރިކާއިން ވަނީ މިއަދު އިތުރު 5،000 ސިފައިން އެމްބަސީ މުވައްޒަފުން އަދި އަފްގާން ތަރުޖަމާނުން ހަލުވި ކަމާއެކު ބޭރުކުރުމުގެ މަސައްކަތް އަވަސް ކުރުމުގެ ގޮތުން އެގައުމަށް ފޮނުވަން ނިންމާފައެވެ.

އެމެރިކާއިން ސެޕްޓެމްބަރު 11 ކުރިން އަފްގާނިސްތާނުން ސިފައިން ބާލަން ނިންމިތާ ކުޑަދުވަސްކޮޅެއް ނުވަނީސް ތާލިބާނުން ވަނީ އަފްގާނިސްތާންގެ ބޮޑުބައެއް ހިފާފައެވެ. 

0%
ކަމުގޮސްފި
75%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް