ads
އަހުމަދު މަހުލޫފް
ރައީސް ނަޝީދު ވިދާޅުވިހެން މަހުލޫފް ވެސް ވިދާޅުވަނީ ވޯޓު ކަރުދާހުގައި ނަން އޮންނާނެކަމަށް
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ނަން، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އޮންނާނެ ކަމަށް 2017 ވަނަ އަހަރު ވިދާޅުވި ފަދައިން، މަހުލޫފްގެ ނަން ވެސް އެމްޑީޕީގެ އެތެރޭގެ ދާއިރާ އިންތިހާބުގައި އޮންނާނެ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކުގައި މަހްލޫފާއި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނަށް ވާދަނުކުރެވެނީ ކޮރަޕްޝަނާ ގުޅުން ހުރި މައްސަލަތަކެއް އޭސީސީން ބަލަމުން ދާތީ އެވެ. އެމްޑީޕީން މަހްލޫފަށާއި އަކްރަމަށް އެމްޑީޕީން ފޮނުވި ސިޓީއެއްގައި ބުނީ އެ ދެ ބޭފުޅުންގެ މައްސަލައެއް ބަލަމުން އަންނަ ކަމަށް އޭސީސީން ބުނެފައިވާ ކަމަށެވެ. އެހެންވެ، އެ ބޭފުޅުން އިންތިހާބަށް ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅައި ކެންޑިޑޭޓުންގެ ލިސްޓުން އުނިކޮށްފައިވާ ކަމަށް އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް ޝާޒްލީ ޝަފީގް ސޮއިކުރައްވާފައިވާ ސިޓީގައި ވެ އެވެ.

މިކަމާ ގުޅިގެން މަހުލޫފް މިއަދު ވިދާޅުވީ އެ މައްސަލައިގެ ޝަކުވާ އެމްޑީޕީގެ އިންތިހާބާ ބެހޭ ކޮމިޓީއާއި އިސްތިއުނާފު ފަޑިޔާރުންގެ މަޖިލީހަށް ހުށަހަޅައިފައިވާނެ ކަމަށެވެ. 

މީގެ އިތުރުން މަހުލޫފް ވިދާޅުވީ މިއަދު އޭނާއަށް ބުނަން ޖެހިފައިވަނީ 2017 ވަނަ އަހަރު ކުރީގެ ރައީސް ނަޝީދު ވިދާޅުވިފަދައިން "އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ ނަން ވޯޓު ކަރުދާސްކޮޅުގަ އޮންނާނެ" ކަމަށެވެ. 

2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ނަޝީދަށް އިއްވާފައިވާ ޖަލު ހުކުމާއި، ދައުވާތަކުގެ ސަބަބުން އެކަން އެމަގުން ކުރުމަށް ހާލަތު ތަން ނުދިން ނަމަވެސް ބޭސްފަރުވާއަށް އިނގިރޭސިވިލާތަށް ވަޑައިގެން ގޮތަށް 2018ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބު މިހާރު ވެރިކަން ކުރާ ޕާޓީ އެމްޑީޕީއަށް ކާމިޔާބު ވުމާ ހަމައަށް އިނގިރޭސިވިލާތުގައި ހުންނެވި ރައީސް ނަޝީދު އައީ އިންތިހާބުގައި އެމަނިކުފާނުގެ ނަން އޮންނާނެ ކަމަށް ވިދާޅުވަމުންނެވެ. ނަމަވެސް އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް